މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މުލަކަތޮޅު ވޭވަށު ކައުންސިލްގެ މުވައްޒަފުން ކޮޅުފުއްޓަށް ތަޖުރިބާ ދަތުރެއްކޮށްފި

19 އެޕްރީލް 2025      1 week ago


މުލަކަތޮޅު ވޭވަށު ކައުންސިލްގެ މުވައްޒަފުން ކޮޅުފުއްޓަށް ތަޖުރިބާ ދަތުރެއްކޮށްފި

19 އެޕްރީލް 2025 ގައި މުލަކަތޮޅު ވޭވަށު ކައުންސިލުން މ. ކޮޅޮފުއްޓަށް ތަޖުރިބާ ދަތުރެއް ކޮށްފިއެވެ. މި ދަތުރުގެ މައިގަޑު މަޤުޞަދަކީ ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ކޮޅުފުށީ ކައުންސިލުން ހޯދާފައިވާ ކުރިއެރުންތައް ހޯދުމުގައި ކައުންސިލްގެ މަސައްކަތްތައް ރާވާ ހިންގާ ގޮތްތައް ދެނެގަތުމާއި ދެ ކައުންސިލްގެ މެދުގައި އޮތްގުޅުން އިތުރަށް ބަދަހި ކުރުމެވެ. މި ދަތުރުގައި ވޭވަށު ކައުންސިލްގެ ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމެޓީއާއި، އިދާރީ މުވައްޒަފުން ހިމެނޭހެން ޖުމުލަ 20 ބައިވެރިން ބައިވެރިވެފައިވެއެވެ.

މިގޮތުން ވޭވަށު ކައުންސިލްގެ މުވައްޒަފުން ނާއި ކޮޅުފުށީ ކައުންސިލްގެ މުވައްޒަފުން، ކައުންސިލްތަކުގެ އިދާރީ މަސައްކަތްތައް ރާވާއި ހިންގާގޮތާއި ރައްޔިތުންނަށް ފޯރުކޮށްދޭ މުނިސިލް ޚިދުމަތް ތަކާބެހޭގޮތުން މަޢުލޫމާތުހޯދާ ތަޖުރިބާތައް ހިއްޞާކޮށްފައިވެއެވެ.