މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ފަހަން ދަސްކޮށްދޭ ކޯހަކާއި ވޫލުން ވިޔަން ދަސްކޮށްދޭ ކޯހެއް ކާމިޔާބު ކަމާއި އެކީ ނިންމާލައިފި

5 ނޮވެމްބަރ 2025      1 week ago


ފަހަން ދަސްކޮށްދޭ ކޯހަކާއި ވޫލުން ވިޔަން ދަސްކޮށްދޭ ކޯހެއް ކާމިޔާބު ކަމާއި އެކީ ނިންމާލައިފި

ކޮޅުފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމެޓީގެ ފަރާތުން މޯސްޑިވްސް އިންސްޓިޓިއުޓް އޮފް ފެޝަން އެންޑް ޢާރޓްސްއާއި ގުޅިގެން 1 އޮކްޓޯބަރ 2025 ން 31 އޮކްޓޯބަރ 2025 އަށް ކުރިއަށް ގެންދެވުނު ބޭސިކް / އެޑްވާންސް ފަހާ ކޯހާއި ވޫލުން ވިޔަން ދަސްކޮށްއްދޭ ކޯސް ކާމިޔާބު ކަމާއިއެކީ ނިންމާލައިފި. ކާމިޔާބު ކަމާއިއެކު ނިންމާލެވުނު މިކޯހުގައި ބައިވެރިންނަށް މިންނަގައިގެން ކަޑާނެ ގޮތާއި، ހެދުންޑިޒައިންކުރުމާއި. ތަފާތު ފަތިތައްޖަހާނެ ގޮތް ދަސްކޮށްދެވިފައިވެއެވެ. މިގޮތުން ފަހަންދަސްކޮށްދޭ ކޯސް 35 ބައިވެރިން އަދި ވޫލުން ވިޔަން ދަސްކޮށްދޭ ކޯހުގައި 30 ބައިވެރިން ބައިވެރިވެ ކޯސް ނިންމާފައިވެއެވެ.