މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކޮޅުފުށީ ކައުންސިލްގެ މުވައްޒަފުން ކޮޅުމަޑުލަށް ތަޖުރިބާ ދަތުރެއްކޮށްފި

17 ނޮވެމްބަރ 2024      1 month ago


ކޮޅުފުށީ ކައުންސިލްގެ މުވައްޒަފުން ކޮޅުމަޑުލަށް ތަޖުރިބާ ދަތުރެއްކޮށްފި

16 ނޮވެމްބަރ 2024 ގައި ކޮޅުފުށީ ކައުންސިލުން ކޮޅުމަޑުލުގެ ބައެއްރަށްތަކަށް ކުރި ތަޖުރިބާ ދަތުރު ކަމިޔާބު ކަމާއެކީ ނިންމާލައިފިއެވެ. މި ދަތުރުގައި ކޮޅުފުށީ ކައުންސިލްގެ މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމެޓީއާއި، އިދާރީ މުވައްޒަފުން ހިމެނޭހެން ޖުމުލަ 22 ބައިވެރިން ބައިވެރިވެފައިވެއެވެ. މި ދަތުރުގެ ބޭނުމަކީ ރަށް ރަށުގެ  ކައުންސިލުތަކުން ރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތް ތަޚާއި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ގާތުންބަލައި ދަސްކޮށް ތަޖުރިބާ ހިއްސާ ކޮށް ކައުންސިލް ތަކާ ގުޅުންބަދަހި ކުރުމެވެ.

މިގޮތުން ކައުންސިލްގެ މުވައްޒަފުން ކޮޅުމަޑުލު ކިނބިދުއަށާއި ގުރައިދުއަށް ކުރި ޒިޔާރަތުގައި ކައުންސިލްތަކުގެ އިދާރީ މަސައްކަތްތައް ރާވާއި ހިންގާގޮތާއި ރައްޔިތުންނަށް ފޯރުކޮށްދޭ މުނިސިލް ޚިދުމަތް ތަކާބެހޭގޮތުން މަޢުލޫމާތުހޯދިފައިވެއވެ.