މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކޮޅުފުށީ ކައުންސިލުން 2025 ވަނަ އަހަރުގެ ޖުލައި މަހު ރައްޔިތުންނާއި ބައްދަލުކޮށްފި

23 ޖުލައި 2025      1 day ago


ކޮޅުފުށީ ކައުންސިލުން 2025 ވަނަ އަހަރުގެ ޖުލައި މަހު ރައްޔިތުންނާއި ބައްދަލުކޮށްފި

22 ޖުލައި 2025 ވީ އަންގާރަދުވަހުގެ ރޭ ކޮޅުފުށީ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގައި 2025 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ރިޕޯޓް ރައްޔިތުންނާއި ހިއްސާކޮށް 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލް (ވޯކް ޕްލޭން) ރައްޔިތުންނާއި ޙިއްސާކުރެވުނެވެ. އަދި 2026 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންނާއި ހިއްޞާކޮށް 2025 ވަނަ ކައުންސިލުން ހިއްގަމުން ގެންދާ ޕްރޮޖެކްޓްތަކާއި ހިއްގުމަށް ރޭވިފައިވާ މުޙިއްމު ޕްރޮޖެޖްތައް ރައްޔިތުންނާއި ހިއްޞާކޮށް ޚިޔާލު ހޯދިފައިވެއެވެ. އަދި މީގެ އިތުރުން ރަށުގެ ތަރައްޤީއަށާއި ކައުންސިލްގެ ހިންގުމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެވިފައިވެއެވެ.

މ. ކޮޅުފުށީ ޕްރީސުކޫލުގައި ކުރިއަށް ގެންދެވުން މިބައްދަލުވުމުގައި ގިނައަދަދެއްގެ ރައްޔިތުން ބައިވެރިވެ ލައްވާފައިވެއެވެ. ބައްދަލުވުން ނިމިގެން ދިޔައީ ކައުންސިލްގެ ފަރާތުން ބައްދަލުވުގެ ބައިވެރިންނަށް ދެއްވި ރޭގަނޑުގެ ފަރިއްކޮޅަކުންނެވެ.