މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކޮޅުފުށީ ކައުންސިލާއި މ. އަތޮޅު މަދަރުސާ ގުޅިގެން ރަށުތެރެ ސާފު ކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފި

2 މާރޗް 2024      1 month ago


ކޮޅުފުށީ ކައުންސިލާއި މ. އަތޮޅު މަދަރުސާ ގުޅިގެން ރަށުތެރެ ސާފު ކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފި

ކޮޅުފުށީ ކައުންސިލާއި މ. އަތޮޅު މަދަރުސާ ގުޅިގެން ސުކައުޓް ދުވަސް ފާހަކަ ކުރުމުގެ ގޮތުން ރަށުތެރެ ސާފުކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ޙަރަކާތުގައި މ. އަތޮޅު މަދަރުސާގެ ސްކައުޓް އަދި ކަބުސްކައުޓް ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި މީގެ އިތުރުން ސުކޫލުގެ ޕްރިފެކްޓްބޯޑްގެ ދަރިވަރުންނާ ތިމާވެށި ކުލަބުގެ ދަރިވަރުންނާއި، ކައުންސިލްގެ މުވައްޒަފުންނާއި ސުކޫލްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ރަށުތެރެ ސާފު ކުރުމުގެ މި ހަރަކާތުގެ ބޭނުމަކީ ދަރިވަރުންގެ ހިތުގައި ތިމާވެއްޓަށް ލޯބި ޖައްސުމާއި، މުޖުތަމަޢުގެ މަސްކަތްތަކުގައި ބައިވެރިވުމަކީ ކިހާމުހިއްމު ކަމެއްކަން ދަރިވަރުންނަށް އަންގައިދިނުމެވެ. މިގޮތުން ދަރިވަރުން ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު މި ހަރަކާތުގައި ދަރިވަރުންވަނީ ގޮޑުދޮށުންނާއި ރަށުގެ އެކި ސަރަހައްދު ތަކުން ޕްލާސްޓިކުނަގާ ސާފުކޮށްފައެވެ.