މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކޮޅުފުށީ ޕްރީސްކޫލް ދަރިވަރުން ކޮމިއުނިޓީ ހެލްޕަރސް ޑޭ ފާހަގަކޮށްފި

27 ފެބްރުއަރީ 2024      2 months ago


ކޮޅުފުށީ ޕްރީސްކޫލް ދަރިވަރުން ކޮމިއުނިޓީ ހެލްޕަރސް ޑޭ ފާހަގަކޮށްފި

ކޮޅުފުށީ ކައުންސިލުން ހިންގަމުންގެންދާ ކޮޅުފުފުށީ ޕްރީސުކޫލްގެ ދަރިވަރުން މިއަދު ކޮމިއުނިޓީ ހެލްޕަރސްޑޭ ފާހަގަކޮށްފިއެވެ. މި ހަރަކާތް ގެންދެވިފައިވަނީ ކޮމިއުނިޓީ ތީމުގެ ދަށުންނެވެ. މި ޙަރަކާތް ހިންގުމުގެ މަޤުޞަދަކީ ދަރިވަރުންނަށް މުޖުތަމައުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ވަރަށް ގިނަފަރާތް ތަކެއް އުޅެމުން ދާކަން އަންގައިދިނުމެވެ. މިއަދު ގެންދެވުނު ހަރަކާތުގައި، މަސައްކަތުގެ މާޙައުލުގައި ބޭނުން ކުރާ ތަފާތު ހެދުން ދަރިވަރުން ވަނީ ބޭނުން ކޮއްފައެވެ.

ދަރިވަރުންނަށް ގެންދެވުނު މި ޙަރަކާތުގައި ކޮޅުފުށީ ހެލްތުސެންޓަރގެ ޑޮކްޓަރަކާއި ނަރުހެއް ބަވެރިވެ ލައްވާފައިވެއެވެ. މީގެ އިތުރުން ފެނަކަ ކޮޅުފުށީ ބްރާންޗްގެ މުވައްޒަފަކާއި ކޮޅުފުށީ ޕޮލިސް ސްޓޭޝަންގެ މުވައްޒަފަކުވެސް ބައިވެރިވެ ލައްވާފައިވެއެވެ. މި ޙަރަކާތަކީ ވަރަށް ކާމިޔާބު ޙަރަކާތެއްކަމުގައި ޕްރީސުކޫލްގެ ޓީޗަރުން ވިދާޅުވިއެވެ.