މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކޮޅުފުށީ ކައުންސިލުން ރައްޔިތުންނަށް މާހެފުމެއް ދެއްވައިފި

9 މާރޗް 2024      1 month ago


ކޮޅުފުށީ ކައުންސިލުން ރައްޔިތުންނަށް މާހެފުމެއް ދެއްވައިފި

ކޮޅުފުށީ ކައުންސިލުން ރައްޔިތުންނަށް މާހެފުމެއް ދެއްވައިފިއެވެ. މިއަދު ހަވީރު ކޮޅުފުށީ ޕާކު ސަރަޙައްދުގައި ބޭއްވުނު މި ޙަރަކާތުގައި ކޮޅުފުށީގެ ކުދި ބޮޑު އެންމެން ބައިވެރިވެފައިވެއެވެ. މާ ހެފުމުގެ މި ޙަރަކާތުގައި ޚާއްޞަ މެހެމާނުންގެ ގޮތުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢަލީ ޝަރީފް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ޙައްޖު ކޯޕަރޭޝަންގެ ބައެއް އިސްވެރިން ބައިވެރިވެ ލައްވާފައިވެއެވެ. އަދި ކޮޅުފުށީގައި ދިރިއުޅެމުންދާ އެހެން ޤައުމުތަކުގެ މަސައްކަތް ތެރިންވެސް މި މާހެފުމުގައި ބައިވެރިވެފައިވެއެވެ.

ރައްޔިތުންނަށް ދެވުނު މި މާހެފުމުގެ ޙަރަކާތް ރާވާ ހިންގާފައިވަނީ ކޮޅުފުށީ ކައުންސިލް އާއި އ.ތ..މ. ކޮމެޓީ ގުޅިގެންނެވެ.