މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަސް ކޮޅުށީ ކައުންސިލުން ކުލަގަދަކޮށް ފާހަގަ ކޮށްފި

9 މާރޗް 2024      1 month ago


ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަސް ކޮޅުށީ ކައުންސިލުން ކުލަގަދަކޮށް ފާހަގަ ކޮށްފި

2024 ވަނަ އަހަރުގެ ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަސް ކޮޅުފުށީ ކައުންސިލުން ކުލަ ގަދަކޮން ފާހަގަކޮށްފިއެވެ. ދުވަހާ ގުޅިގެން ގެންދެވުނު ޙަރަކާތްތައް ފެއްޓެވުމުގެ ގޮތުން ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ގައުމުގެ އަދި ރަށުގެ ތަރައްޤީއަށް އަންހެނުންގެ ދައުރު މުހިއްމުކަމާ އަދި އަންހެނުންގެ ދައުރުފުޅާކުރުމަށް އަންހެނުންނަކީ ފުދުންތެރި ބައެއް ކަމުގައިވުމަކީ މުހިއްމު ކަމެއްކަމުގައި ވިދާޅުވިއެވެ. އ.ތ.މ. ކޮމެޓީ ގެ ރައީސާގެ ވާހަކަފުޅުގައި ކައުންސިލުން އިސްނަގައިގެން އަންހެނުންގެ ދުވަސް ފާހަގަކުރާތީ ކައުންސިލަށް ޝުކުރު އަދާކުރައްވާ ކަމަށާއި އަންހެނުން ބާރު ވެރިކުރުމަށް ކައުންސިލުން ކުރައްވާ މަސައްކަތް ފާހަގަ ކުރައްވާ ފައިވެއެވެ.   

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގެންދެވުނު ހަރަކާތްތައް ރާވާހިންގާފައި ވަނީ ކައުންސިލްގެ ފިރިހެން މުވައްޒަފުންނެވެ. މިގޮތުން ގެންދެވުނު ޙަރަކާތް ތަކުގެ ތެރޭގައި ތޮށަލި ވިޔުމުގެ މުބާރާތާއި، ފަންގި ވިނުމުގެ މުބާރާތާއި، ކާށި އެހުމުގެ މުބާރާތް ވަނީ  ކުރިއަށް ގެންދެވިފައިވެއެވެ.

އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ގެންދެވުނު ޙަރަކާތް ތަކުގައި ރަށުގެ ގިނަ އަދަދެއްގެ އަންހެން ކަބަލުން ވަނީ ބައިވެރިވެ ލައްވާފައެވެ.