މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް މ.ކޮޅުފުށްޓައް ވަޑައިގަތުން (26 ޑިސެމްބަރ 2022)

18 ޖަނަވަރީ 2023      1 year ago


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް މ.ކޮޅުފުށްޓައް ވަޑައިގަތުން (26 ޑިސެމްބަރ 2022)

2022 ވަނަ އަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް މ.ކޮޅުފުށީގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މ.ކޮޅުފުށްޓައް ވަޑައިގެންފިއެވެ. މިދަތުރުފުޅުގައި ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާނު އަބްދުﷲ އާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން އެކި މިނިސްޓްރީތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި ބިނާކޮށްފައިވާ ހަނދާނީ ބިނާ (ޘުނާމީ ބިނާ) އިފްތިތާޙްކޮށްދެއްވާނެއެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ބާއްވާ ޚާއްސަ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމުގެ އިތުރުން، އެއްބައިވަންތަކަމުގެ ދުވަހުގެ އަތުގުޅާލުމުގައި ރައީސުލްޖުމްހޫރިއްޔާ  ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެ އިތުރުންވެސް މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ކޮޅުފުށީ ކައުންސިލާއި، ކޮޅުފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ބައްދަލު ކުރައްވާނެއެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ އިހްތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް މ.ކޮޅުފުށްޓަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މިއަދު (26 ޑިސެމްބަރ 2022) ހަވީރު މާލެ ވަޑައިގަންނަވާނެއެވެ.