މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މުލަކު ދާއިރާގެ އިއްޒަތްތެރި މެންބަރ އިބްރާޙިމް ނަޞީރު މުލަކަތޮޅު ކޮޅުފުށީ މުއައްސަސާތަކާއި ބައްދަލުކުރެއްވުން

21 ނޮވެމްބަރ 2022      1 year ago


މުލަކު ދާއިރާގެ އިއްޒަތްތެރި މެންބަރ އިބްރާޙިމް ނަޞީރު މުލަކަތޮޅު ކޮޅުފުށީ މުއައްސަސާތަކާއި ބައްދަލުކުރެއްވުން

މުލަކު ދާއިރާގެ އިއްޒަތްތެރި މެންބަރ އިބްރާޙިމް ނަޞީރު މުލަކަތޮޅު ކޮޅުފުށީ މުއައްސަސާތަކާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އިއްޒަތްތެރި މެންބަރ ވަނީ 2023 ވަނަ އަހަރަށް ދަޢުލަތުން ލަފާކުރައްވާ ބަޖެޓުގައި، ކޮޅުފުށީގައި ކުރިއަށް ގެންދިއުމަށް ހިމަނާފައިވާ މުހިންމު ބޮޑެތި ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު މުއައްސަސާތަކާއި ހިއްސާ ކުރައްވާފައެވެ. އަދި އެ މަޝްރޫޢުތަކާއި ގުޅޭގޮތުންނާއި، މިހާރުވެސް ސަރުކާރުން ކޮޅުފުށީގައި ކުރިއަށް ގެންދަވާ ބޮޑެތި ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން އިއްޒަތްތެރި މެންބަރ  ވަނީ މަޝްވަރާ ކުރައްވާ ޚިޔާލު ބަދަލުކުރައްވާފައެވެ. މީގެއިތުރުން މުއައްސަސާތަކުގެ ވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާ، މުއައްސަސާތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާ ހައްލު ހޯދުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި އިއްޒަތްތެރި މެންބަރ ވިދާޅުވިއެވެ.

 މި ބައްދަލުކުރެއްވުމުގައި ކޮޅުފުށީ ކައުންސިލްގެ ރައީސް ޢަބްދުލް ޢަލީމް ވިދާޅުވީ ވަރަށް އަވަދިނެތިކޮށް އުޅުއްވަމުންވެސް މުލަކު ދާއިރާގެ އިއްޒަތްތެރި މެންބަރ ކޮޅުފުށްޓައް ވަޑައިގެން ކައުންސިލާއި ބައްދަލުކުރެއްވީތީ ޝުކުރުދަންނަވާ ކަމަށެވެ. އަދި ކޮޅުފުށީގައި މިވަގުތު ހިނގަމުންދާ ބޮޑެތި މަޝްރޫއުތަކާއި ގުޅޭ މަޢުލޫމާތާއި، މިވަގުތު ކޮޅުފުށްޓަށް އެންމެ ބޭނުންވާ ކަންކަން އިއްޒަތްތެރި މެންބަރާއި ކައުންސިލުގެ ރައީސް ވަނީ ހިއްސާކުރައްވާފައެވެ.

      މިބައްދަލު ކުރެއްވުމުގައި މުލަކު ދާއިރާގެ އިއްޒަތްތެރި މެންބަރ އިބްރާޙިމް ނަޞީރުގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފައާޒްގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަލީ ރިޒާ އަދި މުލަކަތޮޅު އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލް ބައިވެރިވެލެއްވިއެވެ. މީގެއިތުރުން، ކައުންސިލުގެ ރައީސްގެ އަރިހުގައި ކޮޅުފުށީ ކައުންސިލްގެ މެންބަރުންނާއި، ކޮޅުފުށީ މުއައްސަސާތަކުގެ އިސްވެރިން، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އަދި ކައުންސިލްގެ ކައުންސިލް އެގްޒެކެޓިވް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެލެއްވިއެވެ.