މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކޮޅުފުށީ ކައުންސިލުން ރައްތިތުންނާ ބައްދަލުކުރައްވައިފި

30 ޖުލައި 2024      4 months ago


ކޮޅުފުށީ ކައުންސިލުން ރައްތިތުންނާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާބެހޭ ޤާނޫނު ނަންބަރު 2010/7 ގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު، ރައްޔިތުންނަށް އާންމުކޮށްގެން ހުޅުވާލައިގެން 2 ބައްދަލުވުމެއް ބާއްވަން ޖެހެއެވެ. މި ގޮތުން މުލަކު އަތޮޅު ކޮޅުފުށީ ކައުންސިލުން ޖުލައިމަހު މަހު ރައްޔިތުންނަށް ބޭއްވި ބައްދަލުވުން 29 ޖުލައި 2024 ވީ ހޯމަ ދުވަހުގެރޭ 8:30 ގައި ކޮޅުފުށީ ޕްރީ ސުކޫލް ގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގައި 2024 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ  ރިޕޯޓާއި،  2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓާއި 2025 ވަނަ އަހަރުގެ ކައުންސިލްގެ ވޯކްޕްލޭން (މަސައްކަތު ތާވަލު) އާއި، 2024 ވަނަ އަހަރުގެ ތެރޭގައި ހިގަމުންދާ އަދި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާއި ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދެވިފައިވެއެވެ. އަދި މީގެ އިތުރުން ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ފަރާތުން ހުށަހެޅުނު ސުވާލުތަށް ކައުންސިލުން އޮޅުންފިލުވާދެއްވާފައިވެއެވެ.

ރައްޔިތުންގެ ތެރެއިމް 97 ބޭފުޅުން ބައިވެރިވެ ލެއްވި މި ބައްދަލުވުމުގައި ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި ކައުންސިލުން ހިންގާ ޙަރަކާތްތައް ކާމިޔާބު ހަރަކާތްތަކަށްވެ، ކައުންސިލުން ޙާޞިލް ކުރަން ބޭނުންވާ ލަޑުދަނޑިތައް ޙާޞިލް ވެގެންދާނީ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމުގެ ސަބަބުން ކަމުގައި ވިދާޅުވެ ރައްތިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. ކައުންސިލުން ރައްޔިތުންނަށް ބޭއްވި ބައްދަލުވުން ނިންމާލާފައިވަނީ ކައުންސިލުންގެ ފަރާތުން ބައްދަލުވުމުގެ ބައިވެރިންނަށް ދެއްވި ރޭގނޑުގެ ފަރިއްކޮޅަކާއެކީގައެވެ.