މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

59 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި މ. ކޮޅުފުށީ ކައުންސިލާއި، އ.ތ.މ ކޮމެޓީގެ ފަރާތުން 40 އަހަރުން މަތީގެ ކަނބަލުންނަށް ބޭއްވި ބަށި މުބާރާތް ކާމިޔާބުކަމާއިއެކު ނިންމާލައިފި.

27 ޖުލައި 2024      4 months ago


59 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި މ. ކޮޅުފުށީ ކައުންސިލާއި، އ.ތ.މ ކޮމެޓީގެ ފަރާތުން 40 އަހަރުން މަތީގެ ކަނބަލުންނަށް ބޭއްވި ބަށި މުބާރާތް ކާމިޔާބުކަމާއިއެކު ނިންމާލައިފި.

59 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި މ. ކޮޅުފުށީ ކައުންސިލާއި، މ.ކޮޅުފުށީ އ.ތ.މ ކޮމެޓީގެ ފަރާތުން 40 އަހަރުން މަތީގެ ކަނބަލުންނަށް ބޭއްވި ބަށި މުބާރާތް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި މުބާރާތުގައި ޖުމްލަ 6 ޓީމް ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ފައިނަލްމެޗްގައި ބައްދަލުކޮށްފައިވަނީ ޓީމް އެކަތަ އަދި ދަނބުމާޓީމް އެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދަނބުމާޓީމްއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމް އަދި ރަނަރއަޕް ޓީމަށް ކޮޅުފުށީ ކައުންސިލްގެ ފަރާތުން ވަނީ ފައިސާގެ އިނާމް އަދި ޓްރޮފީ ހަވާލުކޮށްފައެވެ. މި މުބާރާތުގެ ބައިވެރިވެފައިވާ ކޮންމެ ޓީމަކަށް މ.ކޮޅުފުށީ އ.ތ.މ ކޮމެޓީގެ ފަރާތުންވަނީ ގިފްޓްޕެކެއް ހަދިޔާކޮށްފައެވެ.