މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކޮޅުފުށީ ކައުންސިލް ފުޓްސަލް ޗެލެންޖު 2024 ފެށިންޖެ.

29 ސެޕްޓެމްބަރ 2024      2 weeks ago


ކޮޅުފުށީ ކައުންސިލް ފުޓްސަލް ޗެލެންޖު 2024 ފެށިންޖެ.

މުލަކަތޮޅު ކޮޅުފުށީ ކައުންސިލުން އިންތިޒާމު ކޮށްގެން ކޮޅުފުށީ ކައުންސިލް ފުޓސަލް ޗެލެންޖް 2024 ގެ ނަމުގެ ފުޓްސަލް މުބާރާތެއް ފަށއިފިއެވެ.  26 ސެޕްޓެމްބަރ 2024 ވީ ހުކުރު ދުވަހު ފެށުނު މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ކޮޅުފުށީ ކައުންސިލްގެ ރައީސް ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަޤުޟަދަކީ ޒުވާނުންގެ މެދުގައި އެކުވެރިކަސް ބަދަހިކޮށް، އިޖުތިމާޢީ އަދި ކުޅިވަރުގެ ރޫޙު އާލާ ކުރުމާއި ކޮޅުފުށީގައި ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމާއި، ފުޓްސަލް ކުރިއެރުވުމާއި، ކޮޅުފުށީ ޒުވާނުންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން ކަމުގައެވެ.

ޗެންޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމު އަދި ރަނައަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމު ކަޑައެޅިފައިވާ މި މުބާރާތުގައި ޖުމުލަ 8 ޓީމު ބައިވެރިވެފައިވެއެވެ. 2 ގުރޫޕަކަށް ބަޙާލައިގެން ކުރިއަށްގެންދެވޭ މި މުބާރާތުގައި އިއްޔެގައިވަނީ މި މުބާރާތުގެ ގުރޫޕް ސްޓޭޖުގެ 4 މެޗު ކުޅެވިފައެވެ.

ފުރަތަމަ މެޗުގައި ބައްދަލުކުރި ޕެންޑާރސް އެފްސީ އަދި ޔޫކޭ ރިވޯލްވަރސް 5 ލަޑު 1 ލަޑުން ކާމިޔާބުކޮށްފައިވަނީ ޕޭންޑަރސް އެފެސީއެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕެންޑާރސް އެފްސީގެ ޖޯޒީ ނަންބަރ 7 ހުސެއިން އިފްހާމްއެވެ.

ދެވަނަ މެޗުގައި ބައްދަލުކުރި ލަޝްކަރު ޔުނައިޓެޑް އަދި ބެސްޓް ވެޓަރެންސް 6 ލަޑު 1 ލަޑުނން ކާމިޔާބުކޮށްފައިވަނީ ބެސްޓް ވެޓަރެންސްއެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބެސްޓް ވެޓަރެންސްގެ ޖޯޒީ ނަންބަރ 8 އާދަމް ނަސީމުއެވެ.

ތިންވަނަ މެޗުގައި ބައްދަލުކުރި ލަޝްކަރު އެފްސީ އަދި ބެސްޓް ޖޫނިއަރސް 4 ލަޑު 0 ލަޑުން ކާމިޔާބުކޮށްފައިވަނީ ލަޝްކަރު އެފްސީއެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލަޝްކަރު އެފްސީ ޖޯޒީ ނަންބަރ 30 އަޙުމަދު ޝާތިޢުއެވެ.

ހަތަރުވަނަ މެޗުގައި ބައްދަލުކުރި ބުރަދާސް އެފްސީ އަދި ދަ ބެސްޓް 2 ލަޑު 1 ލަޑުން ކާމިޔާބު ކޮށްފައިވަނީ ދަ ބެސްޓްއެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދަ ބެސްޓްގެ ޖޯޒީ ނަންބަރ 6 ޙަސަން ލަވްހުއެވެ.