މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ދިވެހިރާއްޖެގެ 59 ވަނަ މިނިވަންދުވަހުގެ ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތު މ.ކޮޅުފުށީގައި ބާއްވައިފި.

26 ޖުލައި 2024      4 months ago


ދިވެހިރާއްޖެގެ 59 ވަނަ މިނިވަންދުވަހުގެ ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތު މ.ކޮޅުފުށީގައި ބާއްވައިފި.

ދިވެހިރާއްޖޭގެ 59 ވަނަ މިނިވަންދުވަހުގެ ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތު މ.ކޮޅުފުށީ ޕާކު ސަރަޙައްދުގައި މިއަދު ހެނދުނު ކުރިޔަށް ގެންގޮސްފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޤަޢުމީ ދިދަ ނަންގަވައިދެއްވީ މުލަކަތޮޅު އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ނިމާލް އަދި ކޮޅުފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް އަބްދުލްޢަލީމެވެ. މިރަސްމިއްޔާތުގައި މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ މެންބަރުންނާއި، މ.ކޮޅުފުށީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، އ.ތ.މ ކޮމެޓީގެ މެންބަރުންނާއި، މ.އަތޮޅު މަދަރުސާގެ ދަރިވަރުން، ބެލެނިވެރިން، ޓީޗަރުން ، މުއައްސަސާތަކުގެ މުވައްޒަފުން އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން ދެއްކެވި ވާހަކަފުޅުގައި ޤައުމީ މިފަދަ ދުވަސްތަށް ފާހަގަކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި ވިދާޅުވީ އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ލިބިފައިވާ މިނިވަންކަން އަބަދުމެ ދެމެހެއްޓުމަކީ ކޮންމެ ބޭފުޅެއްގެ ފަރުދީ ޒިންމާއެއްކަމަށެވެ. އަދި މިފަދަ ދުވަސްތަށް ފާހަގަކުރުމުން ދަރިވަރުންގެ ހިތްތަކުގައި ޤައުމާއި މެދު އޮންނަ ލޯބި އިތުރުވެގެންދާނެކަމަށް ޤަބޫލުފުޅުކުރައްވާކަމުގައި ވިދާޅުވިއެވެ.