މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށީ ކައުންސިލްގެ 1 ވަނަ ވޮލީ މުބާރާތް ވަރަށް ކާމިޔާބު ކަމާއެކު ނިންމާލައިފި

23 ނޮވެމްބަރ 2022      1 year ago


މ.ކޮޅުފުށީ ކައުންސިލްގެ 1 ވަނަ ވޮލީ މުބާރާތް ވަރަށް ކާމިޔާބު ކަމާއެކު ނިންމާލައިފި

މިކައުންސިލުން އިންތިޒާމްކޮށްގެން ރަށުގެ މުއައްސަސާތަކުގެ މެދުގައި ބޭއްވުނު ކައުންސިލް 1 ވަނަ ވޮލީ މުބާރާތް ވަރަށް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 2 ޑިވިޝަނަކަށް ބަހާލައިގެން އަންހެން އަދި ފިރިހެން ޑިވިޝަން ވަކިންނެވެ. ކޮންމެ ޑިވިޝަނެއްވެސްގައިވެސް 5 ޓީމު ވާދަކުރިއެވެ. މިގޮތުން މިފަހަރު މުބާރާތުގައި ވާދަކޮށްފައިވާ ޓީމް ތަކަކީ ކޮޅުފުށީ ސިއްހީމަރުކަޒުގެ ޓީމް، ކޮޅުފުށީ ޕްލިސް އަދި ކޮޅުފުށީ ކޯޓްގެ ޓީމް، ކޮޅުފުށީ ކައުންސިލްގެ ޓީމް، މ.އަތޮޅު މަދަރުސާގެ ޓީމް އަދި ފެނަކަ ކޮޅުފުށީ ބްރާންޗްގެ ޓީމެވެ.  11 ނޮވެންބަރ 2022 ގައި ފެށި މިމުބާރާތް ނިންމާލާފައިވަނީ 19 ނޮވެންބަރ  2022 ވަނަ ދުވަހުއެވެ.

އަންހެން ޑިވިޝަނުގެ ވަނަތަކަށް ބަލާލާއިރު މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ މ.އަތޮޅު މަދަރުސާގެ ޓީމެވެ. އެންމެ އުއްމީދާ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެނަކަ ފެނަކަ ކޮޅުފުށީ ބްރާންޗް ޓީމްގެ ޖާޒީ ނަންބަރު 7 އާމާލު ރަޝީދު އަދި އެންމެ މޮޅު ކޯޗުގެ ގޮތުގައި ކޮޅުފުށީ ޕްލިސް، ކޮޅުފުށީ ކޯޓް ޓީމްގެ ކޯޗު ފާޠިމަތު ނަޡީމާ ވަނީ ހޮވިފައެވެ. މީގެ އިތުރުން އަންހެން ޑިވިޝަނުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ގޮތުގައި ހޮވިފައިވަނީ މ.އަތޮޅު މަދަރުސާ ޓީމްގެ ޖާޒީ ނަންބަރު 7 މަޔްޔަމް ރައިހާނާ އަޙްމަދު، ކޮޅުފުށީ ސިއްހީމަރުކަޒު ޓީމްގެ ޖާޒީ ނަންބަރު 5 ފާޠިމަތު އަޡުމާ، ކޮޅުފުށީ ޕްލިސް، ކޮޅުފުށީ ކޯޓް ޓީމްގެ ޖާޒީ ނަންބަރު 1 ޞަބީހާ މުޙައްމަދު އަދި ޖާޒީ ނަންބަރު 5 ނަޡުމާ އިސްމާޢީލް، ކޮޅުފުށީ ކައުންސިލް ޓީމުގެ ޖާޒީ ނަންބަރު 10 އާމިނަތު ޔަސްފާ އަދި ޖާޒީ ނަންބަރު 7 ހަލީމަތު ސަޢީދާއެވެ.

ފިރިހެން ޑިވިޝަނުގެ ވަނަތަކަށް ބަލާލާއިރު މިޑިވިޝަނުގެވެސް ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ މ.އަތޮޅު މަދަރުސާގެ ޓީމެވެ. އެންމެ އުއްމީދާ ކުޅުންތެރިޔަކަށް ކޮޅުފުށީ ޕްލިސް، ކޮޅުފުށީ ކޯޓް ޓީމްގެ ޖާޒީ ނަންބަރު 1 އިބާރީމް ލާމިހެވެ. އަދި އެންމެ މޮޅު ކޯޗުގެ ގޮތުގައި ފެނަކަ ކޮޅުފުށީ ބްރާންޗްގ ޓީމުގެ ކޯޗު މުޙާއްމަދު ސައްދާމް އަބްދުއްރަހްމާން ވަނީ ހޮވިފައެވެ. މީގެ އިތުރުން ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ގޮތުގައި ހޮވިފައިވަނީ ކޮޅުފުށީ ސިއްހީމަރުކަޒުގެ ޓީމްގެ ޖާޒީ ނަންބަރު 10 އަޙްމަދު ޝަކީބު، ޖާޒީ ނަންބަރު 5 މުޙައްމަދު އަދީބް އަދި ޓީމްގެ ޖާޒީ ނަންބަރު 11 އަބްދުލްމަތީން، ފެނަކަ ކޮޅުފުށީ ބްރާންޗް ޓީމްގެ ޖާޒީ ނަންބަރު 4 މުޙައްމަދު ޖަޒުލާން އަދި ޖާޒީ ނަންބަރު 5  އަޙުމަދު މިފްޒަލް އަދި ކޮޅުފުށީ ޕްލިސް، ކޮޅުފުށީ ކޯޓް ޓީމްގެ ޖާޒީ ނަންބަރު 4 ގާސިމް ފަޔާޡްއެވެ.

މިމުބާރާތުގެ ރަނަރަޕް ޓީމަކަށް 2،000 ރުފިޔާ އަދި ޗެންޕިއަން ޓީމަކަށް 3،000.00 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ވަނީ ކަނޑައަޅާފައެވެ. މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކޮޅުފުށީ ކައުންސިލްގެ ޓީމާއި ވާދަކޮށް ޗެންޕިއަންކަން ހޯދާފައިވަނީ 3 ސެޓް 1 ސެޓުން ކޮޅުފުށީ ޕްލިސް އަދި ކޮޅުފުށީ ކޯޓްގެ ޓީމެވެ. މިޓީމަށް ޓްރޮފީއާއި، މެޑަލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދީފައިވަނީ މުލަކަޅޮޅު އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލެވެ.

ފިރިހެން ޑިވިޝަނުގު ފައިނަލުގައި ވާދަކުރީ ކޮޅުފުށީ ސިއްހީމަރުކަޒުގެ ޓީމާއި ޓީމް އަދި ފެނަކަ ކޮޅުފުށީ ބްރާންޗްގެ ޓީމެވެ.  މިމެޗު 3 ސެޓް 2 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން ހޯދާފައިވަނީ ފެނަކަ ކޮޅުފުށީ ބްރާންޗްގެ ޓީމެވެ.  މިޓީމަށް ޓްރޮފީއާއި، މެޑަލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދީފައިވަނީ މުލަކު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހީމް ނަޞީރެވެ.