މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

2022 ވަނަ އަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ޚާއްސަ އަތުގުޅާލުން

19 ޖަނަވަރީ 2023      10 months ago


2022 ވަނަ އަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ޚާއްސަ އަތުގުޅާލުން

2022 ވަނަ އަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް މ.ކޮޅުފުށީގައި ބޭއްވި ހަރަކާތްތައް ނިންމާލީ ދުވަހާއި ގުޅޭގޮތުން ބޭއްވުނު ޚާއްސަ އަތުގުޅާލުމަކުންނެވެ. މި ހަރަކާތް ބާއްވާފައިވަނީ ކޮޅުފުށީ ކުޑަކުދިންގެ ޕާކުގައެވެ. މި އަތުގުޅާލުމުގައި ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދައުލަތުގެ ވަޒީރުންނާއި، މަޖިލީހުގެ މެމްބަރުން، ކޮޅުފުށީ ކައުންސިލުގެ މުވައްޒަފުންނާއި، ކޮޅުފުށީ އަންހެންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، ކޮޅުފުށީގެ މުއައްސަސާތަކުގެ އިސްވެރިންނާއި، އަދި އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ޚާއްސަކޮށް ދައުވަތު އެރުވިގެން ވަޑައިގެންނެވި ބޭފުޅުންނާއި، ކޮޅުފުށީގެ ކުދިބޮޑު އެންމެހާ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.