މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށީ ބަނދަރު ސަރަޙައްދުގައި ދަތުރުވެރިންގެ ހިޔާއެއް (ފާލަމެއް) ޤާއިމްކުރުން

21 ޖަނަވަރީ 2023      1 year ago


މ.ކޮޅުފުށީ ބަނދަރު ސަރަޙައްދުގައި ދަތުރުވެރިންގެ ހިޔާއެއް (ފާލަމެއް) ޤާއިމްކުރުން

މުލަކަތޮޅު ކޮޅުފުށީ ބަނދަރު ސަރަޙައްދުގައި ދަތުރުވެރިންގެ ހިޔާ (ފާލަމެއް) އެއް ޤާއިމްކޮށްފިއެވެ. މިއީ 2022 ވަނަ އަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ރަސްމީކޮށް މ.ކޮޅުފުށީގައި ފާހަގަކުރުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން، އެދުވަހަށް ކޮޅުފުށީގެ ބަނދަރުމަތި ޒީނަތްތެރި ކުރުމުގެ ގޮތުން ކޮޅުފުށީ ކައުންސިލްގެ އިސްނެންގެވުމުގެ ދަށުން ތަރައްޤީ ކުރެވިފައިވާ ދަތުރުވެރިންގެ ހިޔާއެކެވެ. މި މަސައްކަތް ކުރެވިފައިވަނީ މ.ކޮޅުފުށީ ފެނަކަ ބްރާންޗުގެ ސީ.އެސް.އާރު ގެ ދަށުން މ.ކޮޅުފުށީ ފެނަކަ ބްރާންޗުގެ މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކުގައެވެ. ދަތުރުވެރިންގެ ހިޔާއެއް ބަނދަރުމަތީގައި ތަރައްޤީ ކުރެވުމުން ދަތުރުވެރިންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.