މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ދީނީ ދަރުސް ދެއްވުމަށް ޑރ. އަނާރާ ނަޢީމް މ.ކޮޅުފުށްޓައް ވަޑައިގަތުން

2 ފެބްރުއަރީ 2023      1 year ago


ދީނީ ދަރުސް ދެއްވުމަށް ޑރ. އަނާރާ ނަޢީމް މ.ކޮޅުފުށްޓައް ވަޑައިގަތުން

ދީނީ ދަރުސް ދެއްވުމަށް ޑރ. އަނާރާ ނަޢީމް މ.ކޮޅުފުށްޓައް ވަޑައިގެންފިއެވެ. މި ދަރުހަކީ ކޮޅުފުށީގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް، ކޮޅުފުށީ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި މ.އަތޮޅު މަދަރުސާ ގުޅިގެން ބާއްވާ ދަރުހެކެވެ.

 ޑރ. އަނާރާގެ މިދަތުރުފުޅުގައި ކޮޅުފުށީ ކައުންސިލާއި ބައްދަލުކުރައްވާ ވިދާޅުވީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކައުންސިލުން ކުރަމުން ގެންދާ މަސައްކަތް ބަލައިގަންނަ ކަމަށެވެ. އަދި ކައުންސިލަށް ކުރިއެރުމާއި ކާމިޔާބު އެދޭކަމުގައި ވިދާޅުވިއެވެ. އަދި ރަށުގައި ހުރި މައްސަލަތަކަށް އަލިއަޅުއްވާލައްވައި ކައުންސިލާއި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެއްވިއެވެ. އެކަމަނާގެ މިދަތުރުފުޅުގައި މ.އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ޚާއްސަ ސެޝަނަކާއި، ކޮޅުފުށީ ރައްޔިތުންނަށް ދީނީ ދަރުހެއް "ދުޅަހެޔޮ ނަފްސަކަށް އަމިއްލަ ނަފްސުގެ ދުޅަހެޔޮކަން ދަމަހައްޓާނެގޮތް" މ.އަތޮޅު މަދަރުސާގައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިބައްދަލުކުރެއްވުމުގައި ކޮޅުފުށީ ކައުންސިލްގެ ނައިބްރައީސް ވިދާޅުވީ ކައުންސިލުން ދެއްވި ދަޢުވަތު ޤަބޫލުފުޅު ކުރައްވާ ކޮޅުފުށްޓައް ވަޑައިގެންދެއްވި ކަމަށްޓަކާ ޑރ. އަނާރާ އަށް ކައުންސިލްގެ ނަމުގައި ޝުކުރުއަދާކުރައްވާ ކަމުގައެވެ. މިބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުންނާއި، އ.ތ.މ ކޮމިޓީގެ މެންބަރުން، ކައުންސިލްގެ އެސް.ޖީ، އަދި މ.އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ބައިވެރިވެލެއްވިއެވެ.