މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ޔޫތް ލީޑަރސް ނެޓްވޯކްގެ 13 ވަނަ ފޯރަމް މ.ކޮޅުފުށީގައި ފަށައިފި

26 މެއި 2023      11 months ago


ޔޫތް ލީޑަރސް ނެޓްވޯކްގެ 13 ވަނަ ފޯރަމް މ.ކޮޅުފުށީގައި ފަށައިފި

ޔޫތް ލީޑަރސް ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 25 މެއި 2023 އިން  27 މެއި 2023 ގެ ނިޔަލަށް މ.ކޮޅުފުށީގައެވެ.  މި ފޯރަމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި މީގެ އިތުރުން މ.އަތޮޅުގެ ހުރިހާ ރަށަކުން 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިއެވެ.

ޔޫތް ލީޑަރސް ނެޓްވޯކް "ކުރިމަގަށް އިސްވާރުން"  ފޯރަމަކީ ދިވެހި ޒުވާނުންގެ މެދުގައި ފަރުދީ ޒިންމާ ނަގަން ދަސްކޮށްދިނުމަށާއި ޒުވާނުންގެ ތެރެއިން ލީޑަރުން އުފެއްދުމުގެ މަޤްސަދުގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ޔޫތް ލީޑާސް ނެޓްވޯކް އިން އިސްނަގައިގެން އިންތިޒާމް ކުރި 3 ދުވަހުގެ ފޯރަމެކެވެ. މ.ކޮޅުފުށީ ކައުންސިލާއި ގުޅިގެން މ. ކޮޅުފުށީގައި  ބޭއްވޭ ފޯރަމް އަކީ ޔޫތް ލީޑަރސް ފޯރަމްގެ 13 ވަނަ ފޯރަމެވެ.