މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކައުންސިލުގެ 2022 ވަަނަ އަހަރުގެ ފެބްރުއަރީމަހުގެ ބައްދަލުވުން ބާއްވައިފި

23 މާރޗް 2022      2 years ago


ކައުންސިލުގެ 2022 ވަަނަ އަހަރުގެ ފެބްރުއަރީމަހުގެ ބައްދަލުވުން ބާއްވައިފި

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ފަރާތުން 28 ފެބްރުއަރީ 2022 ވަ ދުވަހުގެ ރޭ ކޮޅުފުށީ ރައްޔިތުންނާއިއެކު ބައްދަލުވުން ބާއްވައިފިއެވެ. މިބައްދަލުވުން ކުރިއަށް ދިޔައީ ކޮޅުފުށީ ޕްރީސަކޫލު ހޯލުގައެވެ. މިގޮތުން މިބައްދަލުކުރެއްވުމުގައި ކައުންސިލުގެ ފަރާތުން ވަނީ މ.ކޮޅުފުށީ ބިނާވެށި ޕްލޭންގެ ޑްރާފްޓާއި، ކައުންސިލުން 2021 ވަނަ އަހަރު ކުރި މަސައްކަތްތަކާއި، މާލީބަޔާނާއި 2022 ވަނަ އަހަރުގެ ބަޖެޓް އަދި އަހަރީ މަސައްކަތުގެ ތާވަލު ރައްޔިތުންނާއި ހިއްސާކުރެއްވިއެވެ.

ރަށުގެ ރައްޔިތުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ރަށުގެ އިސްރައްވެހިން ބައިވެރިވި މިބައްދަލުވުމުގައި ރަށުގެ ބިނާވެށި ޕްލޭނާއި، މިއަހަރު ކައުންސިލުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކާއި މެދު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުނެވެ. މިގޮތުން ރަށުގައި ޤާއިމުކުރަން ބޭނުންވާ ބައެއް ވަސީލަތްތަކަށް ބިންހަމަޖެއްސުމާއި މެދު ރައްޔިތުންގެ ޚިޔާލު ހޯދުނެވެ. އެގޮތުން، ކޮނިކޮށި ގާއިމްކުރާނެ ބިމާއި، މަސްކައްކާ ހިއްކުމުގެ މަސައްކަތަށް ބިންދޫކުރާނެ ސަރަހައްދުގެ އިތުރުން ވިޔަފާރިތަކަށް ބިންދޫކުރާނެ ސަރަހައްދާއިމެދު ޚިޔާލު ހޯދުނެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުގެ ރައީސް މިހަނގާ 2022 ވަނަ އަހަރަކީ ނަތީޖާ ނެރެވޭނެ އަހަރެއްކަމަށް އުންމީދު ކުރައްވާކަމަށާއި ރައްޔިތުންނާއި ގާތުން މުހިންމު ގިނަ މަސައްކަތްތަކެއް ކުރުމަށް ކައުންސިލުން ރާއްވަވާފައިވާ ކަމަށެވެ.