މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކޮޅުފުށީ ޕްރީ ސްކޫލް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރުން

24 މާރޗް 2022      2 years ago


ކޮޅުފުށީ ޕްރީ ސްކޫލް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރުން

ކޮޅުފުށީ ޕްރީ ސްކޫލް މަރާމާތުކުރުމުގެ މަސައްކަތްތައް ކުރުމުގެ އެއްބަސްވުމުގައި މިއަދު (24.03.2022، ބުރާސްފަތި) ސޮއިކޮށްފިއެވެ. މިމަސައްކަތް ކުރުމަށް ހަވާލުކުރެވުނީ އޯލް ސާވިސް އަށެވެ. ކައުންސިލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަބްދުލް އަލީމެވެ. އަދި އޯލް ސާވިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އޯލް ސާވިސްގެ ޕްރޮޕަރޭޓަރ ޙަސަން މުނީރެވެ.

ޖުމުލަ 36,400.00 (ތިރީސް ހަ ހާސް ހަތަރު ސަތޭކަ) ރުފިޔާގެ މިޕްރޮޖެކްޓް އޯލް ސާވިސްއާއި ހަވާލުކުރެވުނީ  14 (ސާދަ) ދުވަސް ތެރޭގައި މަސައްކަތްކޮށް ނިންމާގޮތަށެވެ. މިޕްރޮކެޖްޓުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ޕްރީ ސުކޫލުގެ އާބާތުރު ފިލުވުމެވެ. މީގެއިތުރުން މިޕްރޮޖެކްޓުގު ސަބަބުން ޕްރީސުކޫލު ދަރިވަރުންނަށާއި މުވައްޒަފުންނަށް އުނގެނުމާއި އުނގަންނައިދިނުމަށް ކަމުދާ މާހަލުއް ގާއިމު ކުރެވިގެން ދާނެއެވެ.