މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކަސްރަތާއި އެކު އުފާވެރިކަން ޕްރޮގްރާމް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފި

30 މާރޗް 2022      2 years ago


ކަސްރަތާއި އެކު އުފާވެރިކަން ޕްރޮގްރާމް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފި

މިއަހަރުގެ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ކަސްރަތާއި އެކު އުފާވެރިކަން" މިނަމުގައި ޕްރޮގްރާމެއް ވަނީ ހިންގިފައެވެ. މިޕްރޮގްރާމު ހިންގާފައިވަނީ ކައުންސިލާއި، އަންހެނުންގެ ތަރއްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ކޮޅުފުށީ ޕޮލިސް ޝްޓޭޝަން ގުޅިގެންނެވެ.

ޖުމުލަ 21 (އެކާވީސް) ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 43 ކަނބަލުން ބައިވެރިވިއެވެ. އަދި މީގެ ތެރެއިން 03 ބައިވެރިއަކު ވަނީ 100 އިންސައްތަ ހާޒިރީއިން ހޯދައި އިނާމު ހާސިލުކޮށްފައެވެ. މީގެ އިތުރުން މުޅި މުބާރާތުގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ވަނީ ހޮވާފައެވެ. މިގޮތުން 3 ވަނަ ހާސިލްކޮށްފައި ވަނީ 6.2 ކިލޯ ބަރުދަން ލުއިކޮށްގެން ހަލީމަތު ސައީދާ އަދި ވިސާމާ ޚާލިދެވެ. 2 ވަނަ ހާސިލްކޮށްފައި ވަނީ 7.3 ކިލޯ ބަރުދަން ލުއިކޮށްގެން މާހިދާއެވެ. އަދި މިޕްރޮގްރާމުގެ ފަހުރުވެރި 1 ވަނަ ހާސިލްކޮށްފައިވަނީ 7.5 ކިލޯ ބަރުދަން ލުއިކޮށްގެން ނަޒުމާ އިސްމާއީލެވެ.

މިޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ 24 މާޗް 2022 ވަނަ ދުވަހުގެރޭ 20:30 ގައި ކޮޅުފުށީ ފުޓުސަލްދަނޑުގައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ މިޕްރޮގްރާމުގެ ސަބަބުން އަންހެނުންގެ ހިއްވަރާއި ރޫހު ވަރަށްބޮޑަށް ފެނިގެންގޮސްފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި އަބަދުވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތްކުރެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.