މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

57 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުން

7 އޮގަސްޓް 2022      1 year ago


57 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުން

ދިވެހިރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު 26 ޖުލައި 2022 ގައި ވަނީ ކުރިއަށް ގެންދެވިފައެވެ. މިނިވަން ދުވަހުގެ ހެނދުނު 5:50 ގައި ކައުންސިލް އިދާރާ ގޯތިތެރޭގައި ބޭއްވި ރަސްމިއްޔާތުގައި މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ރައީސް އަބްދުލް އަލީމުގެ އިތުރުން ކައުންސިލްގެ މެންބަރުންނާއި މުއައްސަސާތަކުގެ ވެރިން އަދި މުވައްޒަފުންގެ އިތުރުން ރަށުގެ އާންމު ރައްޔިތުންނާއި،އިސް ރައްވެހިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ރައީސް އަބްދުލް އަލީމުއެވެ.