މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށީގައި ޕޭސްޓްރީ ކޯހެއް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފި

7 އޮގަސްޓް 2022      1 year ago


މ.ކޮޅުފުށީގައި ޕޭސްޓްރީ ކޯހެއް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފި

މި ކައުންސިލާއި، މުލަކަތޮޅު އަތޮޅު ކައުންސިލް އަދި ކްރީއޭޓިވް ޕްރޮޑަކްޓްސް ގުޅިގެން މ.ކޮޅުފުށީގައި ޕޭސްޓްރީކޯހެއް ވަނީ ކުރިއަށް ގެންދެވިފައެވެ. މ.ކޮޅުފުށީ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގުނު މިޕްރޮގްރާމް ކުރިއަށް ގެންދެވިފައިވަނީ  28 ޖުލައި 2022 އިން 31 ޖުލައި 2022 ނިޔަލަށެވެ.

ޕޭސްޓްރީ ކޯހުގައި ބައިވެރިވި ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ގޮތުން މިޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުން ތައްޔާރުކޮށްފައިވާ ޕޭސްޓްރީގެ އެކި އައިޓަމް ހިމެނައިގެން ކާބޯތަކެތީގެ މައުރަޒެއްވެސް ބޭއްވުނުވެ. މިމައުރަޒު ކުރިއަށްގޮސްފައިވަނީ 31 ޖުލައި 2022 ވަނަ ދުވަހުގެ ހަވީރު 04:30 އިން 06:00 އަށެވެ.

މިޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ 31 ޖުލައި 2022 ވަނަ ދުވަހުގެރޭ 21:30 ގައި ކޮޅުފުށީ ޕްރީސްކޫލު ހޯލުގައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ މިޕްރޮގްރާމުގެ ތެރެއިން ކޯހުގައި ބައިވެރިވި އެންމެހާ ބޭފުޅުންނަށް އަމިއްލައަށް ގިނަ ބާވަތްތަކެއްގެ ކާއެއްޗެހި ތައްޔާރުކުރަން ދަސްކޮށްދެވިފައިވާނެ ކަމަށެވެ. އަދި މީގެ ސަބަބުން ޕްރޮގްރާމުގެ ބައިވެރިންނަށް ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަގުފަހިވެގެންދާނެކަމަށެވެ. އަދި ކައުންސިލުގެ ފަރާތުން ރައްޔިތުންގެ ފައިދާއަށްޓަކައި މިފަދަ ގިނަ ޕްރޮގްރާމުތަކެއް މުސްތަގުބަލުގައި ރާވައި ކުރިއަށް ގެންދިއުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ދެންނެވިއެވެ.