މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ފަރާތުން އެމް.ޓީ.ސީ.ސީ ގެ ސީ.އީ.އޯ ބައްދަލުކުރެއްވައިފި

22 އޮގަސްޓް 2022      1 year ago


މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ފަރާތުން އެމް.ޓީ.ސީ.ސީ ގެ ސީ.އީ.އޯ ބައްދަލުކުރެއްވައިފި

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ފަރާތުން އެމް.ޓީ.ސީ.ސީ ގެ ސީ.އީ.އޯ އަދި އެކުންފުނީގެ ޓީމާއި ބައްދަލުކުރައްވައިފިއެވެ. އެމް.ޓީ.ސީ.ސީ ޓަވަރުގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި ކައުންސިލްގެ ފަސް މެންބަރުންނާއި މުލަކު ދާއިރާގެ މަޖިލިސްމެންބަރ އިބްރާހީމް ނަޞީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިބައްދަލުކުރެއްވުމުގައި މ.ކޮޅުށީ ގިރާސަރަހައްދު ހިމާޔަތްކުރުމުގެ މަސްރޫއުގެ މަސައްކަތްތައް އަވްސްކުރުމަށާއި، ސީ.އެސް.އާރުގެ ދަށުން ރަށަށް ކޮށްދެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން ކައުންސިލުން އެދިލެއްވި ކަންކަމަށް ރިއާޔަތްކޮށް އެކަންކަމަށް އަވަސްހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް އެމް.ޓީ.ސީ.ސީ ގެ ފަރާތުން ވަނީ ދަންނަވާފައެވެ.