މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށީ ބަނދަރު ސަރަޙައްދުން އައިސްޕްލާންޓް ބިން ކުއްޔަށްދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

7 ސެޕްޓެމްބަރ 2022      1 year ago


މ.ކޮޅުފުށީ ބަނދަރު ސަރަޙައްދުން އައިސްޕްލާންޓް ބިން ކުއްޔަށްދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މ.ކޮޅުފުށީ ބަނދަރު ސަރަޙައްދުގައި އައިސްޕްލާންޓް ޤާއިމްކުރުމަށް ބިން ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި މިއަދު (07.09.2022، ބުދަ) ސޮއިކޮށްފިއެވެ. އައިސްޕްލާންޓްގެ ޚިދުމަތް ކޮޅުފުށީގައި ފެއްޓުމަށް ބިން ކުއްޔަށް ދޫކުރެވުނީ ކުއިކްފިސް (SP03792020) އަށެވެ. ކައުންސިލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަބްދުލްޢަލީމެވެ. އަދި ކުއިކްފިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުއިކްފިސްގެ ޕްރޮޕަރޭޓަރ ޢާދިލް ޢަބްދުﷲއެވެ.

15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރެވުނު މިބިމުން ޖުމްލަ  2,98,350.00 (ދެލައްކަ ނުވަދިހަ އަށްހާސް ތިންސަތޭކަ ފަންސާސް) ރުފިޔާ، އާމްދަނީގެ ގޮތުގައި ކައުންސިލަށް ލިބިގެންދާނެއެވެ. މިއެއްބަސްވުން ކުއިކްފިސް އާއިއެކު ވެވިފައިވަނީ 06 (ހައެއް) މަސްދުވަސް ތެރޭގައި ކަސްޓަމަރުންނަށް ލުއިފަސޭހަ ވާނެހެން، ކިލޯ ކިރައިގެން އައިސް ވިއްކުމުގެ އިންތިޒާމު ހަމަޖައްސައި، ޚިދުމަތްދޭން ފެށުމަށް ދެފަރާތުން އެއްބަސްވެވިގެންނެވެ.