މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށީ ބަނދަރު ސަރަޙައްދުން ތެޔޮބިން (03 ނަންބަރު ޕްލޮޓް) ކުއްޔަށްދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

12 ސެޕްޓެމްބަރ 2022      1 year ago


މ.ކޮޅުފުށީ ބަނދަރު ސަރަޙައްދުން ތެޔޮބިން (03 ނަންބަރު ޕްލޮޓް) ކުއްޔަށްދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މ.ކޮޅުފުށީ ބަނދަރު ސަރަޙައްދުގައި ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި ބެސޯ ޕްރައިވެޓް ލިމިޓެޑާއިއެކު (C09352021)، 12 ސެޕްޓެމްބަރ 2022 (ހޯމަ) ގައި ސޮއިކޮށްފިއެވެ. ކައުންސިލް ޖަލްސާކުރާ މާލަމުގައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަބްދުލްޢަލީމެވެ. ބެސޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ބެސޯ ޕްރައިވެޓް ލިމިޓެޑްގެ ރެޕްރެޒެންޓޭޓަރ ޙަސަން މަހުދީ އެވެ.

15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރެވުނު މިބިމުން ޖުމްލަ  1,228,500.00 (އެއްމިލިއަން ދެލައްކަ އަށާވީސްހާސް ފައްސަތޭކަ ރުފިޔާ) އާމްދަނީގެ ގޮތުގައި ކައުންސިލަށް ލިބިގެންދާނެއެވެ. މިއެއްބަސްވުން ބެސޯ ޕްރައިވެޓް ލިމިޓެޑާއިއެކު ވެވިފައިވަނީ 06 (ހައެއް) މަސްދުވަސް ތެރޭގައި ކަސްޓަމަރުންނަށް ލުއިފަސޭހަ ވާނެހެން، މީޓަރު ހަރުކޮށްގެން (ހޮޅި ގުޅައިގެން) ތެޔޮ ވިއްކުމުގެ އިންތިޒާމު ހަމަޖައްސައި، ޚިދުމަތްދޭން ފެށުމަށް ދެފަރާތުން އެއްބަސްވެވިގެންނެވެ.