މ.ކޮޅުފުށީ ބަނދަރު ސަރަޙައްދުގައި ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި އެއަރ ސްފީޑް އިންވެސްޓްމެންޓާއިއެކު (SP-0662/2017)، 12 ސެޕްޓެމްބަރ 2022 (ހޯމަ) ގައި ސޮއިކޮށްފިއެވެ. ކައުންސިލް ޖަލްސާކުރާ މާލަމުގައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަބްދުލްޢަލީމެވެ. އެއަރ ސްޕީޑް އިންވެސްޓްމެންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެއަރ ސްޕީޑް އިންވެސްޓްމެންޓްގެ ރެޕްރެޒެންޓޭޓަރ މުޙައްމަދު ޝާތިއު އެވެ.
15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރެވުނު މިބިމުން ޖުމްލަ 795,795.00 (ހަތްލައްކަ ނުވަދިހަ ފަސްހާސް ހަތްސަތޭކަ ނުވަދިހަ ފަސްރުފިޔާ) އާމްދަނީގެ ގޮތުގައި ކައުންސިލަށް ލިބިގެންދާނެއެވެ. މިއެއްބަސްވުން އެއަރ ސްޕީޑް އިންވެސްޓްމެންޓާއިއެކު ވެވިފައިވަނީ 06 (ހައެއް) މަސްދުވަސް ތެރޭގައި ކަސްޓަމަރުންނަށް ލުއިފަސޭހަ ވާނެހެން، މީޓަރު ހަރުކޮށްގެން (ހޮޅި ގުޅައިގެން) ތެޔޮ ވިއްކުމުގެ އިންތިޒާމު ހަމަޖައްސައި، ޚިދުމަތްދޭން ފެށުމަށް ދެފަރާތުން އެއްބަސްވެވިގެންނެވެ.