މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މުލަކު ކައުންސިލްގެ ފަރާތުން ކޮޅުފުށީ ކައުންސިލަށް ޒިޔާރަތްކުރުން

19 އޮކްޓޯބަރ 2022      1 year ago


މުލަކު ކައުންސިލްގެ ފަރާތުން ކޮޅުފުށީ ކައުންސިލަށް ޒިޔާރަތްކުރުން

މުލަކު ކައުންސިލްގެ ފަރާތުން 19.10.2022 (ބުދަ) ދުވަހު ކޮޅުފުށީ ކައުންސިލަށް ތަޖުރިބާގެ ދަތުރެއް ކުރައްވައިފިއެވެ. މިދަތުރުފުޅުގައި މުލަކު ކައުންސިލްގެ ފަސް މެންބަރުންނާއި ސެކްރެޓެރީ ޖެނެރަލް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެއިތުރުން މުލަކު ސުކޫލުގެ ޕްރިންސިޕަލް އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި މުލަކު ސުކޫލުގެ ފަރާތުން ވަނީ މުލަކު ސުކޫލާއި މ.އަތޮޅު މަދަރުސާ އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސުކައުޓް އަދި ގާލްގައިޑް ކޭންޕްގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. މިގޮތުން މިކޭންޕްގެ އެންމެހާ އިންތިޒާމްތަށް ކުރިއަށް ގެންދިއުމަށް މިކައުންސިލުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް ކައުންސިލުގެ ރައީސް އަބްދުލް އަލީމް ވަނީ ދަންނަވާފައެވެ.

މުލަކު ކައުންސިލްގެ ފަރާތުން މިކައުންސިލާއި ބައްދަލުކޮށް، މިކައުންސިލްގެ ހިންގުމުގެ ސިޔާސަތުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މިގޮތުން ދެކައުންސިލްގެ ހިންގުމުގެ ނިޒާމް ހަރުދަނާކުރުމަށް ކުރެވިދާން ކަންކަމުގެ މައްޗަށް އަލިއަޅުވާލާ މަޝްވަރާކުރެވުނެވެ. އަދި މީގެއިތުރުން ދެކައުންސިލްގެ މެދުގައި އޮންނަ ގުޅުންބަދަހިކޮށް އިތުރު ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް މަޝްވަރާކުރެވުނެވެ.