މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށީ ކުރީގެ ބޯޅަދަނޑު ސަރަހައްދުން ދޫކުރެވިފައިވާ ދަނޑުބިންތަކުގެ އެއްބަސްވުމުގައި ސޮއިކުރުން

20 އޮކްޓޯބަރ 2022      1 year ago


މ.ކޮޅުފުށީ ކުރީގެ ބޯޅަދަނޑު ސަރަހައްދުން ދޫކުރެވިފައިވާ ދަނޑުބިންތަކުގެ އެއްބަސްވުމުގައި ސޮއިކުރުން

މ.ކޮޅުފުށީގައި ދަނޑުވެރިކަންކުރުމުގެ ބޭނުމަށް ކުރީގެ ބޯޅަދަނޑު ސަރަހައްދުން 11 ދަނޑުބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮއްފިއެވެ. މިއެއްބަސްވުމުގައި ސޮއިކުރެވުނީ 20 އޮކްޓޯބަރ 2022 ވީ ބުރާސްފަތި ދުވަހު މިކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. މިގޮތުން ކުއްޔަށް ދޫކުރެވިފައިވަނީ އަކަފޫޓަކަށް 0.10 (ދިހަ ލާރި) ރުފިޔާ ރޭޓުން 3,000.00 (ތިން ހާސް) އަކަފޫޓުގެ ދަނޑުބިންތަކެކެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވުނު ޖަލްސާގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް ދަންނެވީ ދަނޑުބިންތައް ދޫކުރެރިފައިމިވަނީ ވަރަށް ކުޑަ ކުއްޔަކަށް ކަމަށެވެ. މިގޮތުން މިބިންތަކުގެ ސަބަބުން ރަށުގެ ދަނޑުވެރިކަން އިތުރަށް ކުރިއަރާ އާ ހަރުފަތްތަކަކަށް ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި ވަރައް އަވަސް މުސްތަޤްބަލެއްގައި މ.ކޮޅުފުށިން އިތުރު ދަނޑުބިންތަކެއް ކޫރުމަށް ކައުންސިލުން ނިންމާފައިވާކަމަށެވެ. އަދި ރަށުގެ ދަނޑުވެރިކަން ފުޅާކޮށް ކުރިއެރުވުމަށް ކައުންސިލުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.