މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށީ ސުނާމީ ބިނާ ރަސްމީކޮށް ހުޅުވުން

18 ޖަނަވަރީ 2023      1 year ago


މ.ކޮޅުފުށީ ސުނާމީ ބިނާ ރަސްމީކޮށް ހުޅުވުން

2004 ވަނަ އަހަރު ޑިސެމްބަރ 26 ގައި ދިމާވި ހިތާމަވެރި ސުނާމީކާރިސާގައި މ.ކޮޅުފުށިން މަރުވެ އަދި ގެއްލިފައިވާ އަޚުންނާއި އުޚުތުންގެ ހަނދާނުގައި މުލަކަތޮޅު ކޮޅުފުށީ ކައުންސިލުން ބިނާކޮށްފައިވާ ސުނާމީ ބިނާ ރަސްމީކޮށް ހުޅުވައިފިއެވެ. 2022 ވަނަ އަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް މ.ކޮޅުފުށްޓައް ވަޑައިގެން މިބިނާ ރަސްމީކޮށް ހުޅުއްވައިދެއްވީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ.

މ.ކޮޅުފުށީ ބަނދަރުމަތީ ސަރަޙައްދުގައި ކައުންސިލުން ތަރައްޤީ ކުރަމުން އަންނަ ކުޑަކުދިންގެ ޕާކުގައި ހަދާފައިވާ މި ބިނާއިން ރަމްޒުކޮށްދެނީ 2004 ވަނަ އަހަރު ޑިސެމްބަރ 26 ގައި މުޅިރާއްޖެއަށް ދިމާވި ސުނާމީކާރިސާގައި މ.ކޮޅުފުށިން މަރުވެ އަދި ގެއްލިފައިވާ 16 އަޚުންނާއި އުޚުތުންގެ ހަނދާންތަކެވެ.

މިރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ވުޒާރާތަކުގެ އިސްވެރިންގެ އިތުރުން ކޮޅުފުށީ ކައުންސިލާއި، ކޮޅުފުށީ އަންހެންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި، ކޮޅުފުށީގެ މުއައްސަސާތަކާއި، ކޮޅުފުށީގެ ކުދިބޮޑު އެންމެހާ ރައްޔިތުން ބައިވެރިވެލެއްވިއެވެ.