މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށީ ބަނދަރު ސަރަޙައްދުގައި ރަށުގެ ނަންޖެހުން

21 ޖަނަވަރީ 2023      1 year ago


މ.ކޮޅުފުށީ ބަނދަރު ސަރަޙައްދުގައި ރަށުގެ ނަންޖެހުން

މުލަކަތޮޅު ކޮޅުފުށީ ބަނދަރު ސަރަޙައްދުގައި ރަށުގެ ނަން "M.KOLHUFUSHI" ޖަހައިފިއެވެ. މިއީ 2022 ވަނަ އަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ރަސްމީކޮށް މ.ކޮޅުފުށީގައި ފާހަގަކުރުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން، 2022 ވަނަ އަހަރުގެ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހަށް ކޮޅުފުށީގެ ބަނދަރުމަތި ޒީނަތްތެރި ކުރުމުގެ ގޮތުން ކޮޅުފުށީ ކައުންސިލްގެ އިސްނެންގެވުމުގެ މަތިން ކޮށްފައިވާ މަސައްކަތެކެވެ. ރަށުގެ ނަން ބަނދަރުގައި ބޮޑުއަކުރުން ޖެހުމުން ރަށުގެ މަލަމަތީގެ ޒީނަތްތެރިކަން އިތުރަށް ފުރިހަމަ ވެގެންދާނެއެވެ. މި މަސައްކަތް ކުރެވިފައިވަނީ މ.ކޮޅުފުށީ ފެނަކަ ބްރާންޗުގެ ސީ.އެސް.އާރު ގެ ދަށުން މ.ކޮޅުފުށީ ފެނަކަ ބްރާންޗުގެ މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކުގައެވެ.