މުލަކަތޮޅު ކޮޅުފުށީ ކައުންސިލުން އިސްނަގައިގެން ކޮޅުފުށީ މުއައްސަސާތަކާއި، ކޮޅުފުށީ ރައްޔިތުންނަށް ހުޅުވާލައިގެން، 2022 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން "މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ މަސްރޭސް 2022" މިނަމުގައި މަސްރޭހެއް ބާއްވައިފިއެވެ. ސިލްސިލާގޮތެއްގައި ބާއްވަމުން އަންނަ މިމަސްރޭހަކީ މިކައުންސިލްގެ 02 ވަނަ މަސްރޭހެވެ.
މިއަހަރުގެ މަސްރޭސް ބާއްވާފައި ވަނީ 30 ޑިސެމްބަރ 2022 ވީ ހުކުރުދުވަހުގެ މެންދުރުފަހު 03 އިން ރޭގަނޑު 09 އަކަށެވެ. 09 ޓީމު ވާދަކުރި މިއަހަރުގެ މަސްރޭހުގެ އިނާމުގެ ގޮތުގައި 01 ވަނަ ކާމިޔާބުކުރާ ޓީމަށް 3000 ރުފިޔާ، 02 ވަނަ ކާމިޔާބުކުރާ ޓީމަށް 2000 ރުފިޔާ އަދި 03 ވަނަ ކާމިޔާބުކުރާ ޓީމަށް 1000 ރުފިޔާ ދިނުމަށް ކޮޅުފުށީ ކައުންސިލުން ވަނީ ނިންމާފައެވެ.
މިއަހަރުގެ މަސްރޭހުގެ އެއްވަނަ ކާމިޔާބުކޮށްފައި ވަނީ "ޓީމު ކެޔޮޅު"، ދެވަނަ ކާމިޔާބުކޮށްފައި ވަނީ "ޓީމް ބްލެކް މާލިން" އަދި ތިންވަނަ ކާމިޔާބުކޮށްފައިވަނީ "ޓީމް ސައިލެންޓް ކިލާރ" އެވެ.