މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

އެމް.ޓީ.ސީ.ސީ ގެ ސީ.އީ.އޯ އާދަމް އާޒިމް މ.ކޮޅުފުށްޓައް ވަޑައިގަތުން

23 ޖަނަވަރީ 2023      1 year ago


އެމް.ޓީ.ސީ.ސީ ގެ ސީ.އީ.އޯ އާދަމް އާޒިމް މ.ކޮޅުފުށްޓައް ވަޑައިގަތުން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ގެ ސީ.އީ.އޯ އާދަމް އާޒިމް މ.ކޮޅުފުށްޓައް ވަޑައިގެންފެއެވެ. ސީ.އީ.އޯ އާއިއެކު މުލަކުދާއިރާގެ އިއްޒަތްތެރި މެންބަރ އިބްރާޙިމް ނަޞީރު، ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެންބަރ އިކްރާމް ޙަސަން އަދި އެމް.ޓީ.ސީ.ސީ ގެ ޓީމް ބައިވެރިވެލެއްވިއެވެ. މިދަތުރުފުޅަކީ އެމް.ޓީ.ސީ.ސީ އިން މ.ކޮޅުފުށީގައި ކުރަމުންގެންދާ ގިރާސަރަޙައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބައްލަވާލެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެގޮތުން މަސައްކަތް ކުރަމުންގެންދާ ސައިޓުތަކަށް ޒިޔާރަތް ކުރައްވާ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވިއެވެ.

މިދަތުރުފުޅުގައި ކޮޅުފުށީ ކައުންސިލާއި ބައްދަލުކުރައްވާ އެމަނިކުފާނު ވިދާޅުވީ އެމް.ޓީ.ސީ.ސީ އިން މ.ކޮޅުފުށީގައި މަސައްކަތް ކުރަމުންދާވަގުތު ކޮޅުފުށީ ކައުންސިލާއި، ކޮޅުފުށީ ރައްޔިތުންގެ ފަރާތުން ލިބިގެންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ. އަދި ސީ.އެސް.އާރު ގެ ތެރެއިން މ.ކޮޅުފުށްޓައް ކޮށްދެވެންހުރި ކަންތައްތައް ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. މިބައްދަލުކޮށްލެއްވުމުގައި މުލަކުދާއިރާގެ އިއްޒަތްތެރި މެންބަރ އިބްރާޙިމް ނަޞީރު ވިދާޅުވީ ސަރުކާރުން އެއްވެސް ރަށެއް އިސްތިސްނާ ނުކުރައްވާ ޕްރޮޖެކްޓްތައް ހިންގަވަމުން ގެންދާކަމަށާއި، މިފަދަ ކޮންމެ ޕްރޮޖެކްޓެއް ކޮޅުފުށީގައި ހިނގަމުންދާއިރު ކޮޅުފުށީ ކައުންސިލާއި، ކޮޅުފުށީ ރައްޔިތުންގެ ފަރާތުން ލިބިގެންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ. މިބައްދަލުކޮށްލެއްވުމުގައި ކޮޅުފުށީ ކައުންސިލްގެ ރައީސް ޢަބްދުލްޢަލީމް ވަނީ، ސީ.އެސް.އާރު ގެ ތެރެއިން މ.ކޮޅުފުށްޓައް ކޮށްދެވެން ހުރި ކަންތައްތަކާއި ގުޅޭގޮތުން ސީ.އީ.އޯ އާއި މަޝްވަރާކުރައްވާފައެވެ. އަދި ކައުންސިލުން އެދޭ ކަންކަމުގައި އެމް.ޓީ.ސީ.ސީ  ގެ ފަރާތުން ލިބިގެންދާ އެހީތެރިކަމަށް ޝުކުރުދަންނަވާ ކަމުގައި ވިދާޅުވިއެވެ.