މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކައުންސިލުން 2023 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި

23 ފެބްރުއަރީ 2023      1 year ago


ކައުންސިލުން 2023 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ފަރާތުން 22 ފެބްރުއަރީ 2023 ވަނަ ދުވަހު 10:00 ގައި ކޮޅުފުށީ ރައްޔިތުންނާއިއެކު ބައްދަލުވުން ބާއްވައިފިއެވެ. މިބައްދަލުވުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާގޮތުގެ މަތިން ކޮންމެ އަހަރަކު ފެބްރުއަރީ މަހުގެ ތެރޭގައި ކައުންސިލުގެ ފަރާތުން ރައްޔިތުންނާއިއެކު ބާއްވަންޖެހޭ ބައްދަލުވުމެވެ. މިގޮތުން މިބައްދަލުވުން ކުރިއަށް ދިޔައީ ކޮޅުފުށީ ޕްރީސަކޫލު ހޯލުގައެވެ. މިބައްދަލުކުރެއްވުމުގައި ކައުންސިލުގެ ފަރާތުން ވަނީ ކައުންސިލުން 2022 ވަނަ އަހަރު ކުރި މަސައްކަތްތަކާއި، އާމްދަނީގެ ތަފްސީލް،2022 ވަނަ އަހަރުގެ މާލީބަޔާންތައް، 2023 ވަނަ އަހަރުގެ ބަޖެޓް އަދި މަސައްކަތުގެ ތާވަލު ރައްޔިތުންނާއި ހިއްސާކުރެއްވިއެވެ.

ރަށުގެ ރައްޔިތުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައިވެރިވި މިބައްދަލުވުމުގައި މިއަހަރު ކައުންސިލުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކާއި މެދު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުނެވެ. މިގޮތުން ކުނީގެ މައްސަލައަށް ހައްލުހޯދުމަށް ކުރެވިދާނެ ކަންކަމާއިގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުނެވެ. އެގޮތުން، ކުނިމެނޭޖް ކުރުމާއި ގުޅޭގޮތުން ރައްޔިތުންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތަށް ހިންގުމާއި، ކުނި އުކާލާ ސަރަހައްދުތަށް ފާހަގަކުރުމަށް ބޯޑު ހަރުކުރުމާއް ރައްޔިތުންނާއި މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުގެ ރައީސް ދަންނަވާފައިވަނީ މިހިނގާ 2023 ވަނަ އަހަރަކީ ނަތީޖާ ނެރެވޭނެ އަހަރެއްކަމަށް އުންމީދު ކުރައްވާކަމަށާއި ރައްޔިތުންނާއި ގާތުން މުހިންމު ގިނަ މަސައްކަތްތަކެއް ކުރުމަށް ކައުންސިލުން ރާއްވަވާފައިވާ ކަމަށެވެ.