މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މިނިސްޓަރ ޢިމްރާން ޢަބްދުﷲ މ.ކޮޅުފުށްޓަށް ވަޑައިގަތުން

29 މެއި 2023      9 months ago


މިނިސްޓަރ ޢިމްރާން ޢަބްދުﷲ މ.ކޮޅުފުށްޓަށް ވަޑައިގަތުން

މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ޔޫތް ލީޑާސް ނެޓްވޯކް އިން އިންތިޒާމުކޮށްގެން މ.ކޮޅުފުށީގައި ކުރިއަށް ގެންދާ ޔޫތް ލީޑަރސް ފޯރަމް "ކުރިމަގަށް އިސްވާރުން" ގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ މ.ކޮޅުފުށްޓަށް ވަޑައިގެންފިއެވެ. ޔޫތް ލީޑަރސް ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 25 މެއި 2023 އިން  27 މެއި 2023 ގެ ނިޔަލަށް މ.ކޮޅުފުށީގައެވެ. އަދި މީގެ އިތުރުން މ.އަތޮޅުގެ ހުރިހާ ރަށަކުން 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިއެވެ.

ޔޫތް ލީޑަރސް ނެޓްވޯކް "ކުރިމަގަށް އިސްވާރުން"  ފޯރަމަކީ ދިވެހި ޒުވާނުންގެ މެދުގައި ފަރުދީ ޒިންމާ ނަގަން ދަސްކޮށްދިނުމަށާއި ޒުވާނުންގެ ތެރެއިން ލީޑަރުން އުފެއްދުމުގެ މަޤްސަދުގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ޔޫތް ލީޑާސް ނެޓްވޯކް އިން އިސްނަގައިގެން އިންތިޒާމް ކުރި 3 ދުވަހުގެ ފޯރަމެކެވެ. މ.ކޮޅުފުށީ ކައުންސިލާއި ގުޅިގެން މ. ކޮޅުފުށީގައި  ބޭއްވޭ ފޯރަމް އަކީ ޔޫތް ލީޑަރސް ފޯރަމްގެ 13 ވަނަ ފޯރަމެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲ ގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ފޯރަމް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ. އަދި ފޯރަމްގައި ކުރިއަށް ގެންދެވުނު ޚާއްސަ ސެޝަނެއްގެ ތެރެއިން، ހުކުރު ދުވަހު ހެނދުނު މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ ފޯރަމްގެ ބައިވެރިންނާއި، ކޮޅުފުށީ ކައުންސިލާއި އެކު މ.ކޮޅުފުށީ ކުޅިހިމެނޭ ސަރަޙައްދުގައި ރުއް ޖެހުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަވާފައެވެ. މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ތަރައްޤީ ޕްލޭންގައިވެސް ހިމެނޭ 2000 ރުއް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، ޔޫތް ލީޑަރސް ނެޓްވޯކް "ކުރިމަގަށް އިސްވާރުން" ފޯރަމްގެ ކޮންމެ ބައިވެރިއެއް ވަނީ 1 ރުއް އިންދާފައެވެ.