މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

13 ވަނަ ޔޫތް ލީޑަރސް ނެޓްވޯކް "ކުރިމަގަށް އިސްވާރުން" ފޯރަމް ކާމިޔާބުކަމާއިއެކު ނިންމާލުން

29 މެއި 2023      9 months ago


13 ވަނަ ޔޫތް ލީޑަރސް ނެޓްވޯކް "ކުރިމަގަށް އިސްވާރުން"  ފޯރަމް ކާމިޔާބުކަމާއިއެކު ނިންމާލުން

މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، ޔޫތް ލީޑާސް ނެޓްވޯކް އިން އިންތިޒާމުކޮށްގެން މ.ކޮޅުފުށީގައި 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޔޫތް ލީޑަރސް ފޯރަމް "ކުރިމަގަށް އިސްވާރުން" ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މިފޯރަމް ކުރިއަށް ގެންގޮސްފައިވަނީ 25 މެއި 2023 އިން  27 މެއި 2023 ގެ ނިޔަލަށް މ.އަތޮޅު މަދަރުސާގެ މަލްޓިޕާރޕަސް ހޯލުގައެވެ. މިފޯރަމްގައި މ.އަތޮޅުގެ ހުރިހާ ރަށަކުން 80 އަށްވުރެ ގިނަ ޒުވާނުން ވަނީ ބައިވެރިވެފައެވެ.

ޔޫތް ލީޑަރސް ނެޓްވޯކް "ކުރިމަގަށް އިސްވާރުން"  ފޯރަމްތަކަކީ ދިވެހި ޒުވާނުންގެ މެދުގައި ފަރުދީ ޒިންމާ ނަގަން ދަސްކޮށްދިނުމަށާއި، މުސްތަޤުބަލުގެ ޖީލުތަކަށް ޒުވާނުންގެ ތެރެއިން ލީޑަރުން އުފެއްދުމުގެ މަޤްޞަދުގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި ޔޫތް ލީޑާސް ނެޓްވޯކް އިން އިސްނަގައިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ފޯރަމްތަކެކެވެ.

މިފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، ކޮޅުފުށީ ކައުންސިލް އަދި ކޮޅުފުށީ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.