މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މ.ކޮޅުފުށީގައި ކުރިއަށް ގެންދެވިއްޖެ.

8 ޖޫން 2023      10 months ago


ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މ.ކޮޅުފުށީގައި ކުރިއަށް ގެންދެވިއްޖެ.

ގެވެށި އަނިޔާއާއި ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމަށް ކުރިއަށް ގެންދާ ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް މ. ކޮޅުފުށީގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މ.ކޮޅުފުށީ މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގުނު މިޕްރޮގްރާމުގައި ޖުމުލަ 74 މުވައްޒަފުން ބައިވެރިވިއެވެ. މިގޮތުން އަންހެން މުވައްޒަފުންނަށް ކުރިއަށް ގެންދެވުނު ސެޝަންގައި 43 ބޭފުޅުން އަދި ފިރިހެން މުވައްޒަފުންނަށް ކުރިއަށްގެންދެވުނު ސެޝަންގައި 31 ބޭފުޅުން ބައިވެރިވިއެވެ.

މިޕްރޮގްރާމަކީ މ.ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް، މ.އަތޮޅު ކައުންސިލް އަދި މ.ކޮޅުފުށީ ކައުންސިލުން ގުޅިގެން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. މިގޮތުން މިޕްރޮގްރާމުގައި ފެސިލިޓޭޓް ކޮށްދެއްވާފައިވަނީ ގެވެށިގުޅުން ކެންޕެއިންގެ ދަށުން މ.އަތޮޅަށް ހާއްސަކޮށްގެން ޓްރެއިންކުރެވިފައިވާ މީމު ފެސިލިޓޭޓަރުންގެ ޓީމުންނެވެ.  މިގޮތުން މ.ކޮޅުފުށީގައި ހިންގުނު މިޕްރޮގްރާމާއެކު މ.އަތޮޅު ހުރިހާ ރަށެއްގައި ގެވެށި ގުޅުން ގެންޕެއިންގެ ފުރަތަމަ ބުރު ވަނީ ނިންމާލެވިފައެވެ.