މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

58 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުން

26 ޖުލައި 2023      9 months ago


58 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުން

ދިވެހިރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު 26 ޖުލައި 2023 ގައި ބާއްވައިފިއެވެ. މިނިވަން ދުވަހުގެ ހެނދުނު 5:50 ގައި މުލަކަތޮޅު ކޮޅުފުށީ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ބޭއްވި ރަސްމިއްޔާތުގައި މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ނައިބުރައީސް އާދަމް ފަޔާޟްގެ އިތުރުން ކައުންސިލްގެ މެންބަރުންނާއި، ކޮޅުފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި، މުއައްސަސާތަކުގެ އިސްވެރިންނާއި، މުވައްޒަފުންނާއި، ރަށުގެ އާންމު ރައްޔިތުންނާއި އަދި އިސް ރަށްވެހިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވާ، ޤައުމީ ސަލާމަށްފަހު ދުވަހުގެ މުނާސަބަތުގައި ތައްޔާރުކުރެވިފައިވާ ކޭކު ފަޅުއްވައި ދެއްވީ މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ނައިބުރައީސް އާދަމް ފަޔާޟްއެވެ. އެއަށްފަހު، މި ރަސްމިއްޔާތު ނިމިގެންދިޔައީ ބައިވެރިންގެ ޝަރަފުގައި ބޭއްވުނު ބިލަތްމީރު ކޮށްލެއްވުމަކުންނެވެ.