މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށީ އިޖްތިމާއީ ސަރަހައްދު ސާފުކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މުލަކަތޮޅު ކޮޅުފުށީ ކައުންސިލުގެ ފަރާތުން ފަރިއްކޮޅެއް ދެއްވައިފި

18 އޮގަސްޓް 2023      8 months ago


މ.ކޮޅުފުށީ އިޖްތިމާއީ ސަރަހައްދު ސާފުކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މުލަކަތޮޅު ކޮޅުފުށީ ކައުންސިލުގެ ފަރާތުން ފަރިއްކޮޅެއް ދެއްވައިފި

މ.ކޮޅުފުށީގެ އިޖުތިމާއީ ސަރަހައްދު ސާފުކުރާ ފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން މ.ކޮޅުފުށީ ކައުންސިލުގެ ފަރާތުން ހާއްސަ ފަރީއްކޮޅެއް ދެއްވައިފިއެވެ. މި އިވެންޓު ކުރިއަށް ގެންގޮސްފައިވަނީ 17 އޮގަސްޓް 2023 ވަނަ ދުވަހުގެ ރޭ 20:30 ގައި މ.ކޮޅުފުށީ ޕާކު ސަރަހައްދުގައެވެ. މި އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ރައީސް އަބްދުލްއަލީމް ވިދާޅުވީ އިޖުތިމާއީ ސަރަހައްދު ސާފުކުރައްވާ ފަރާތްތަކުން އެކުރައްވަނީ ވަރަށް ބުރަ މަސައްކަތެއްކަމަށެވެ. އަދި އެކަން ކައުންސިލުގެ ފަރާތުން އަބަދުވެސް ބަލައިގަންނަކަމުގައި ދެންނެވިއެވެ. އަދި ރަށައް ޒިޔާރަތްކުރައްވާ ވަރަށް ގިނަ ފަރާތްތަކުން ރަށު ތެރޭގެ ސާފުތާހިރުކަން ކައުންސިލުން ވަރަށް ރަނގަޅަށް ބައްލަވާކަމަށް ފާހަގަކުރައްވާ ކަމަށެވެ. މިގޮތުން އިޖުތިމާއީ ސަރަހައްދު ސާފުކުރާ ފަރާތްތަކުން އެކުރައްވާ ބުރަމަސައްކަތާއި ކައުންސިލަށް އަދި މ.ކޮޅުފުށްޓަށް އެހޯއްދަވައިދެއްވާ ރީތި ނަން ފާހަގަކޮށް އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އެބޭފުޅުން އެކުރައްވާ މަސައްކަތް އަބަދުވެސް އެހާ ފުރިހަމައަށް ކުރަމުން ގެންދިއުމަށް ދެންނެވިއެވެ. މިހަފްލާގައި ރަށުގެ އިޖުތިމާއީ ސަރަހައްދު ސާފުކުރައްވާ ފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވިއެވެ.