މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށިން މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރުމަށް ބިން ކުއްޔަށްދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

31 އޮގަސްޓް 2023      8 months ago


މ.ކޮޅުފުށިން މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރުމަށް ބިން ކުއްޔަށްދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މ.ކޮޅުފުށީގައި މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރުމަށް ބިން ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި އޯޝަން އިންވެސްޓްމަންޓާއިއެކު (SP10072020)، 31 އޮގަސްޓް 2023 (ބުރާސްފަތި) ގައި ސޮއިކޮށްފިއެވެ. ކައުންސިލް ޖަލްސާކުރާ މާލަމުގައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަބްދުލްޢަލީމެވެ. އޯޝަން އިންވެސްޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އޯޝަން އިންވެސްޓްމަންޓްގެ ޕްރޮޕަރޭޓަރ މުޙައްމަދު އަސްލަމް އެވެ.

15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރެވުނު މިބިމުން ޖުމްލަ  536,000.00 (ފަސްލައްކަ ތިރީސްހަހާސް ރުފިޔާ) އާމްދަނީގެ ގޮތުގައި ކައުންސިލަށް ލިބިގެންދާނެއެވެ. މިއެއްބަސްވުން އޯޝަން އިންވެސްޓްމަންޓާޑާއިއެކު ވެވިފައިވަނީ 08 (ހައެއް) މަސްދުވަސް ތެރޭގައި މަސްކައްކާ ހިއްކުމުގެ ވިޔަފާރި (މަސައްކަތް) ފެށުމަށް ދެފަރާތުން އެއްބަސްވެވިގެންނެވެ.