މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށީ އިޖްތިމާޢީ ސަރަޙައްދުތަކުގައި ޖަހާފައިވާ މަގުބައްތިތައް އައުޓްސޯސްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

7 ސެޕްޓެމްބަރ 2023      7 months ago


މ.ކޮޅުފުށީ އިޖްތިމާޢީ ސަރަޙައްދުތަކުގައި ޖަހާފައިވާ މަގުބައްތިތައް އައުޓްސޯސްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މ.ކޮޅުފުށީ އިޖްތިމާޢީ ސަރަޙައްދުތަކުގައި ޖަހާފައިވާ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް އައުޓްސޯސް ކޮށްގެން ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ފައިވް އެސް ދުންފިނި އިންވެސްޓްމެންޓާއިއެކު (SP29422019)، 07 ސެޕްޓެމްބަރ 2023 (ބުރާސްފަތި) ގައި ސޮއިކޮށްފިއެވެ. ކައުންސިލް ޖަލްސާކުރާ މާލަމުގައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަބްދުލްޢަލީމެވެ. 01 އަހަރު ދުވަހުގެ މުއްދަތަށް ވެވުނު މި އެއްބަސްވުމުގައި ފައިވް އެސް ދުންފިނި އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ ފައިވް އެސް ދުންފިނި އިންވެސްޓްމެންޓްގެ ޕްރޮޕަރޭޓަރ އަޙްމަދު ސާވީ އެވެ.