މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

މ.ކޮޅުފުށީ ކައުންސިލާއި މ. ކޮޅުފުށީ ޕޮލިސް ގުޅިގެން މުއައްސަސާތަކުގެ މުވައްޒަފުންގެ އެކުވެރިކަން އާލާކުރުމަށް ޙަރަކާތް ތަކެއްހިންގައިފި

10 ފެބްރުއަރީ 2024      2 months ago


މ.ކޮޅުފުށީ ކައުންސިލާއި މ. ކޮޅުފުށީ ޕޮލިސް ގުޅިގެން މުއައްސަސާތަކުގެ މުވައްޒަފުންގެ އެކުވެރިކަން އާލާކުރުމަށް ޙަރަކާތް ތަކެއްހިންގައިފި

މ.ކޮޅުފުށީ ކައުންސިލާއި ކޮޅުފުށީ ޕޮލިސް ގުޅިގެން ކޮޅުފުށީގެ މުއައްސަސާ ތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ޙަރަކާތް ތަކެއްހިންގައިފިއެވެ. ކޮޅުފުށީ ތުޑީސަރަޙައްދުގައި ހިންގުނު މި ޙަރަކާތްތަކުގައި ކޮޅުފުށީގެ މުއައްސަސާ ތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެ ލައްވާފައިވެއެވެ. މި ޙަރަކާތުގައި މުވައްޒަފުންގެ މެދުގައި ޓީމް ބިލްޑިންގ ގިނަޙަރަކާތްތަކެއް ކުރިއަށްގެންދެވިފައިވެއެވެ.

މި ޙަރަކާތްތައް ފައްޓަވައިދެއްވުމުގެ ގޮތުން ކައުންސިލްގެ ރައީސް ޢަބުދުލް ޢަލީމު ދެއްކެވި ވާހަކަފުޅުގައި މިފަދަ ޙަރަކާތްތަކެއް ހިންގުމުގެ އެންމެ ބޮޑު އެއްބޭނުމަކީ ރައްޔިތުންނަށް ޙިދުމަތް ފޯރުކޮންދޭ ހުރިހާ ފަރާތްތަކެއް އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިވެ، އުފާވެރި ވަގުތުކޮޅެއް މުވައްޒަފުން ނަށް ހޯދާދިނުން ކަމުގައެވެ.

މިހަރަކާތްތައް ނިންމާލުގެ ގޮތުން ކޮޅުފުށީ ޕޮލިސް ސްޓޭޝަންގެ، ސްޓޭޝަން އިންޗާޖު ސީނިއަރ ސާޖަންޓް މުޙައްމަދު އަޒުހާން ވިދާޅުވީ މި ހަރަކާތަކީވަރަށް ކާމިޔާބު ޙަރަކާތެއްކަމަށާއި މިފަދަ ޙަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ވެގެން ދާނެކަމަށެވެ. އަދި މިޙަރަކާތް ކާމިޔާބު ޙަރަކާތަކަށް ވެގެންދިޔައީ ކޮޅުފުށީ ކައުންސިލާ މުއައްސަސާ ތަކުން ދެއްވި އެއްބާރުލެއްވުމުގެ ސަބަބުން ކަމުގައި ވިދާޅުވި އެވެ.