މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކޮޅުފުށީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަލްފާޟިލާ މަރިޔަމް ނަޟީދާ އައްޔަންކުރައްވައިފި

11 ފެބްރުއަރީ 2024      2 months ago


ކޮޅުފުށީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަލްފާޟިލާ މަރިޔަމް ނަޟީދާ އައްޔަންކުރައްވައިފި

ކޮޅުފުށީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަލްފާޟިލާ މަރްޔަމް ނަޟީދާ، ރ. ވާދޫ ކިނާރާމަންޒިލް، މިއަދު އައްޔަން ކުރައްވައިފިއެވެ. ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަށް މަރުޙަބާ ކިޔުމުގެ ގޮތުން ކައުންސިލްގައި ބޭއްވުނު ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް އަބުދުލް ޢަލީމް، ނާއިބުރައީސް އަލްފާޟިލް އާދަމް ފަޔާޟް،، ކައުންސިލް މެންބަރުންނާއި އަދި ކައުންސިލްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މަރުޙަބާ ކިޔުމަށް ބޭއްވުނު ރަސްމިއްޔާތުގައި، ރައީސް ދެއްކެވި ވާހަކަފުޅުގައި، ސެކްރެޓަރީޖެނެރަލް ކައުންސިލާ ގުޅިވަޑައިގަތުމުން ކައުންސިލްގެ ޓީމް އިތުރަށް ފުރިހަމަވެ، ކައުންސިލުން ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަގަޅުވެ، އަވަސްވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

ސެކްރެޓަރީ ޖެނެރަލް މަރްޔަމް ނަޟީދާގެ ވާހަކަފުޅުގައި ވިދާޅުވީ އަބަދުވެސް މަސައްކަތްކުރާނީ ކައުންސިލުން ބޭނުންވާގޮތަށް، އަވަސް ބާރު ސުޕީޑެއްގައި ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ދާނޭގޮތަށް ކަންކަން ބައްޓަށް ކުރުމަށް ކަމަށެވެ.