މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ފައިލޭރިއަރ ސްކްރީނިންގެ ކުރުމުގެ ކެމްޕެއިންއާއި ގުޅޭގޮތުން ކައުންސިލްގެ މުވައްޒަފުންނަށް މަޢުލޫމާތުދީފި

11 ފެބްރުއަރީ 2024      2 months ago


ފައިލޭރިއަރ ސްކްރީނިންގެ ކުރުމުގެ ކެމްޕެއިންއާއި ގުޅޭގޮތުން ކައުންސިލްގެ މުވައްޒަފުންނަށް މަޢުލޫމާތުދީފި

ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ މެދުގައި ފައިލޭރިއަރ ބަލި ހުރި މިންވަރު ދެނެގަތުމަށްޓަކައި މުޅި ރާއްޖޭގައި، މި ހިނގާ ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފައިލޭރިއަރ ސްކްރީނިން ޕްރޮގުރާމާ ގުޅޭގޮތުން ކޮޅުފުށީ ކައުންސިލްގެ މުވައްޒަފުންނަށް މައޫލޫމާތުދީފިއެވެ. މި ބައްދަލުވުމުގައި ކޮޅުފުށީ ކައުންސިލްގެ ރައީސް ޢަބުދުލް ޢަލީމު، ނާއިބުރައީސް އާދަމް ފަޔާޟްގެ އިތުރުން ކައުންސިލް މެންބަރުންނާއި ކައުންސިލްގެ މުވައްޒަފުން ބައިވެރިވެ ލެއްވިއެވެ.

ކޮޅުފުށީކައުންސިލް އިދާރާގައި ބޭއްވުނު މި ސެސަނުގައި ޕްރޮގުރާމާގުޅޭ މަޢުލޫމާތު ދެއްވީ ކޮޅުފުށީ ސިއްހީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތު އޮފިސަރ ޢަބުދުލް މަތީނުއެވެ. މި ސެސަނުނައި ޓެސްޓްކުރާނެ ފަރާތްތައް ކަޑައާޅާނެ ގޮތުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި މި ސްކްރީނިންގ ޕްރޮގުރާމުގައި ކައުންސިލްގެ ރޯލާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ