މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ޝަހީދުންގެ ދުވަހުގެ މުނާސަބާގައި ކުޑަކުދިންގެ ހަވީރެއް ފާހަގަކޮށްފި

11 ފެބްރުއަރީ 2024      2 months ago


ޝަހީދުންގެ ދުވަހުގެ މުނާސަބާގައި ކުޑަކުދިންގެ ހަވީރެއް ފާހަގަކޮށްފި

ކޮޅުފުށީ ކައުންސިލުން އިސްނަގައިގެން ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ހިންގުނު ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު ވަނީ ކޮޅުފުށީ ޕާކުސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ފާހަގަކޮށްފައެވެ. ހަވީރު 4:45 ގައި ފެށުނު މި ހަވީރުގައި ކުޑަކުދިންނާއި ގުޅޭ ތަފާތު މަޖާ ކުޅިވަރު ޙަރާކާތްތަކެއްވަނީ ގެންދެވިފައެވެ. އަދި ހަރަކާތްތައް ހިގަމުންދިޔަވަގުތު ދުވަހާގުޅޭ ތަފާތު މަޢުލޫމަތު ހިއްސާކުރެވުނެވެ. އަދި ދުވަހާގުޅޭގޮތުން ކުޑަކުދިންގެ ޝުޢޫރު ފާޅުކުރުން އޮތެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ހިންގުނު ކުޑަކުދިންގެ ހަވީރުގެ ޙަރަކާތްތައް ހިންގިފައިވަނީ ކޮޅުފުށީ ކައުންސިލާއި. ކޮޅުފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ކޮޅުފުށީ ޕްރީ ސްކޫލް މުވައްޒަފުން ގުޅިގެންނެވެ.