މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކައުންސިލުން 2024 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި

16 ފެބްރުއަރީ 2024      2 months ago


ކައުންސިލުން 2024 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ ފަރާތުން 15 ފެބްރުއަރީ 2024 ވަނަ ދުވަހު 20:30 ގައި ކޮޅުފުށީ ރައްޔިތުންނާއިއެކު ބައްދަލުވުން ބާއްވައިފިއެވެ. މިބައްދަލުވުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާގޮތުގެ މަތިން ކޮންމެ އަހަރަކު ފެބްރުއަރީ މަހުގެ ތެރޭގައި ކައުންސިލުގެ ފަރާތުން ރައްޔިތުންނާއިއެކު ބާއްވަންޖެހޭ ބައްދަލުވުމެކެވެ. މިގޮތުން މިބައްދަލުވުން ކުރިއަށް ދިޔައީ ކޮޅުފުށީ ޕްރީސްކޫލު ހޯލުގައެވެ. މިބައްދަލުވުމުގައި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި 2023 ވަނަ އަހަރުގެ މާލީ ރިޕޯޓް ވަނީ ހިއްސާކުރެވިފައިވެއެވެ. އަދި މީގެ އިތުރުން 2024 ވަނަ އަހަރަށް ފާސްކުރެވިފައިވާ ބަޖެޓާއި، 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލް ރައްޔިތުންނާއި ހިއްސާކުރެވިފައިވެއެވެ. އަދި ހަމަ މިބައްދަލުވުމުގައި ރަށުގެ ތަރައްޤީއަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢު ތަކާއިބެހޭ މަޢުލޫމާތު ރައްޔިތުންނާއި ޙިއްޞާކުރެވުނެވެ.

ރަށުގެ ރައްޔިތުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ރަށުގެ އިސްރައްވެހިން ބައިވެރިވި މިބައްދަލުވުމުގައި މިއަހަރު ކައުންސިލުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކާއި މެދު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދިފައިވެއެވެ. މިގޮތުން ކުނީގެ މައްސަލައަށް ހައްލުހޯދުމަށް ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކުގެ މަޝްވަރާ ރައްޔިތުންނާކުރެވުނެވެ. އަދި މީގެ އިތުރުން ޒުވާނުންނަށް ހިންގޭ ކުޅިވަރު ޙަރަކާތްތަކާއި، އަންހެނުން ބާރުވެރިކުރުމަށް ހިންގިދާނެ ޙަރަކާތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުގެ ރައީސް ވިދާޅުވެފައިވަނީ ވޭތުވެ ދިޔަ އަހަރށްވުރެ މިހިނގާ 2024 ވަނަ އަހަރަކީ ނަތީޖާ ނެރެވޭނެ އަހަރެއްކަމަށް އުންމީދު ކުރައްވާކަމަށާއި ރައްޔިތުންނާއި ގާތުން މުހިންމު ގިނަ މަސައްކަތްތަކެއް ކުރުމަށް ކައުންސިލުން ރާއްވަވާފައިވާ ކަމަށެވެ.