މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ބޯކޮށްވާރޭ ވެހުމުމުގެ ސަބަބުން ކޮޅުފުށީގައި ފެންބޮޑުވެއްޖެ

22 ފެބްރުއަރީ 2024      2 months ago


ބޯކޮށްވާރޭ ވެހުމުމުގެ ސަބަބުން ކޮޅުފުށީގައި ފެންބޮޑުވެއްޖެ

21 ފެބުރުއަރީ 2024 ވީ ބުދަ ދުވަހު ކޮޅުފުއްޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ. މެންދުރު ފަހު ވެހުނު މި ވާރޭއަކީ ފަހުގެ ތާރީޚެއްގައި އެއް ދުވަހެއްގައި އެއްމެ ގިނައިން ކޮޅުފުއްޓާށްވާރޭ ވެހުނުދުވަހެވެ. ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ސްކޫލްގެ ކުލާސްރޫމު ތަކާއި ގޭގެއަށް ފެންވަދެވަނީ އެކިވަރުގެ ގެންލުންލިބިފައެވެ.

ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެހީ ތެރިކަށް ފޯރުކޮށްދިނުމާއި ރަށުގެ ފެންހިއްކުމުގެ މަސައްކަތް ކޮޅުފުށީކައުންސިލުން އިސްނަންގަވައިގެން ވަނީ ކުރިއަށްގެންގޮސްފައެވެ. މިމަސައްކަތުގައި ކޮޅުފުށީ ކައުންސިލްގެ މުވައްޒަފުންނާއި، ކޮޅުފުށީ ޕޮލިސް އަދި ދިވެހި ރެޑްކުރެސެންޓް ކޮޅުފުށީ ޔުނިޓްގެ މެންބަރުން ބައިވެރިވެފައިވެއެވެ. އަދި މީގެ އިތުރުން އާއްމުންގެ ގިނަ ފަރާތްތަކެއް މި މަސައްކަތުގައި ބައިވެރިވެފައިވެއެވެ.