އެގްރޯނެޝަނަލް ކޯޕަރޭޝަން ގެ ފަރާތުން މ.ކޮޅުފުށީ ކައުންސިލް އަދި މ.ކޮޅުފުށީ ދަނޑުވެރިންނާއި ބައްދަލުކުރައްވަފިއެވެ. މިބައްދަލުކުރެއްވުމުގައި އެގްރޯނެޝަނަލް ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ ހާރޫން ރަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ކައުންސިލާއި ދަނޑުވެރިންގެ ކަންބޮޑުވުންތަށް އޮޅުންފިލުވައި މިދާއިރާއިން ކުރިއަށް ދިއުމަށް ދަނޑުވެރިންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ދަނޑުވެރިން ކުރާ މަސައްކަތުގެ ހަމައަގު ހޯދަދޭން އެކޯޕަރޭޝަންގެ ފަރާތުން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.