މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ކޮޅުފުށީގައި ހިންގުނު ދަނޑުވެރިކަމާއި، ފެނުގައި ގަސް ހައްދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފި.

9 މެއި 2024      7 months ago


ކޮޅުފުށީގައި ހިންގުނު ދަނޑުވެރިކަމާއި، ފެނުގައި ގަސް ހައްދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފި.

ކޮޅުފުށީގެ ރައްޔިތުންނަކީ ފުދުންތެރި ދިރިއުޅުމެން އުޅޭބަޔަކަށް ހެދުމަށް ކޮޅުފުށީ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދަނޑުވެރިކަމާއި، ފެނުގައި ގަސް ހައްދަން ދަސްކޮންދިނުމުގެ ގޮތުން ހިންގުނު ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ކޮޅުފުށީ ކައުންސިލާއި، މުލަކަތޮޅު އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށްގެންދެވުނު މި ޕްރޮގުރާމް ހިންގިފައި ވަނީ އެޕްރީލް މަހުގެ 4 ން 9 އަށެވެ. މި ޕްރޮގުރާމުގައި ބައިވެރިވި 41 ބައިވެރިންގެ ތެރެއިން 36 ބައިވެރިންވަނީ ޕްރޮގްރާމް ނިންމާ ސެޓްފިކެޓް ޙާޞިލްކޮށްފައެވެ.  

ދަނޑުވެރިކަމުގެ ޕްރޮގުރާމު ނިންމާލުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުލަކަތޮޅު އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނިޔާޒު ވިދާޅުވީ ކޮޅުފުށީގެ ދަނޑުވެރިން ހައްދާ ބާވަތްތައް މާކެޓުކުރެވި ނަފާލިބޭ ދުވަސް ދެކެންބޭނުންވާކަމަށާއި އަދި މި ޕްރޮގުރާމުގެ ސަބަބުން މިކަން ވެގެންދާނެކަމަށް ޔަޤީންކުރައްވާކަމަށެވެ.

މި ރަސްމިއްޔާތުގައި ފެސިލިޓޭޓަރ ޒަކަރިއްޔާ އިބުރާހީމް ވިދާޅުވީ މިޕްރޮގުރާމުގައި ލިބުނު މަޢުލޫމާތުގެ އަލީގައި ކޮޅުފުށީގައި ޒުވާން ދަނޑުވެރިން އުފެދި، ކޮޅުފުއްޓަކީ ދަނޑުވެރިކަމުން ނަފާހޯދާ ފަރުދުންތަކެއް ދިރިއުޅޭރަށަކަށް ވާނެކަމަށް އުއްމީދު ކުރާކަމަށެވެ.  

ދަނޑުވެރިކަމާއި، ފެނުގައި ގަސް ހައްދަން ދަސްކޮންދިނުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި ކޮޅުފުށީ ކައުންސިލްގެ މެންބަރުންނާއި އިސްވެރިން ބައިވެރިވެލެއްވިއެވެ. މީގެ އިތުރުން މުލަކަތޮޅު އަތޮޅު ކަންސިލްގެ އިސްވެރިންބައިވެރިވެ ލައްވަފައިވެއެވެ.